އެޑްވަޓޯރިއަލް

ރޭސުޓްއިން ރާއްޖެއަށް އާ ސިމެންތި ގްރޭޑްތަކެއް

Mar 7, 2021

ރޭސުޓް މޯލްޑިވްސް ސިމެންތި އާއި އެސްޓީއޯ ގުޅިގެން ރާއްޖެއަށް ސިމެންތީގެ އާ ގްރޭޑް ތަކެއް ތައާރަފު ކޮށްފި އެވެ.

ރޭސޫޓު ސިމެންތި ކޮމްޕެނީ (އެސްއޭއޯޖީ) ގެ ސީއީއޯ ޖޯއީ ގޯސް ވިދާޅުވީ އެ ކުންފުނިން ބޭނުންވަނީ މިހާރުގެ މަގުބޫލު ޕްރޮޑަކްޓް ނުވަތަ ފްލެގްޝިޕް ޕްރޮޑަކްޓް 42.5 އާރް ކުރިއެކޭ ވެސް އެއްގޮތަށް ސަޕްލައި ކުރަމުންދާން ކަމަށެވެ.

މި ސިމެންތިއަކީ މިހާރު ވެސް އެސްޓީއޯއިން ކޮންކްރީޓަށް ބޭނުން ކުރާ ކޮލިޓީ ޕްރޮޑަކްޓެކެވެ. މިއީ މަދު ސިމެންތި ކޮޅަކުން ވެސް ކޮންކްރީޓްގެ ބޭނުންވާ ކޮމްޕްރިހެންސިވް ސްޓްރެންތް ގެނެސްދޭ އަދި ގާ އަޅާއިރު ވެސް ތައްގަނޑަށް ސިމެންތި އެޅުމަށްފަހު ނަގަން ޖެހޭ ވަގުތު ކުޑަ ކުރާ ޕްރޮޑަކްޓެކެވެ.

މި ސިމެންތިއަކީ މިހާރު ވެސް އެސްޓީއޯއިން ކޮންކްރީޓް އެޅުމަށް އޯޕީސީ އާރު އެން 42.5 ބޭނުން ކުރޭ ޕްރޮޑަކްޓެކެވެ. މިއީ މަދު ސިމެންތި ކޮޅަކުން ވެސް ބޭނުންވާ ވަރުގަދަކަން ގެނެސްދޭ އަދި ގާ އަޅާއިރު ވެސް ތައްގަނޑަށް ސިމެންތި އެޅުމަށްފަހު ނަގަން ޖެހޭ ވަގުތު ކުޑާ ޕްރޮޑަކްޓެކެވެ.

އެ ކުންފުނިން ބުނީ އޯޕީސީ އެން 42.5 ލޯންޗް ކުރީ ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓްތަކަށް އަމާޒު ކޮށްގެން ކަމަށެވެ. އެގޮތުން މި ގްރޭޑް ސިމެންތި ވަރަށް ބޮޑު ތަން އަގުހެޔޮ ވާނެ ކަމަށެވެ.

ތިލަފުށި ސިމެންތި ޓާމިނަލް އިން މި ވައްތަރުގެ ސިމެންތީގެ 50 ކިލޯ އާއި 1،000 ކިލޯ މިހާރު ލިބެން ހުންނާނެ އެވެ.

ބޮޑެތި މަސައްކަތްތަކަށް ޔަގީންކަން ގެނެސްދޭ

ބޮޑެތި މަޝްރޫއު ތަކަށް ޔަގީންކަން ގެނެސްދޭ ކޮންސްޓްރަކްޝަން މެޓީރިއަލް އުފެއްދުމުގައި ވަރުގަދަ ރޭސުޓް ކުންފުނިން ބުނީ އެ ކުންފުނިން ވިއްކާ އެސްއާރުސީ ސިމެންތިއަކީ ފެނާއި ލޮނު ފެން ކައިރީގައި ހަދާ ތަންތަން ހަދަން ބޭނުންކުރަން އެންމެ ރަނގަޅު ޕްރޮޑަކްޓް ކަމަށެވެ. އަދި ހާއްސަކޮށް ޖެޓީ އާއި ވޯޓާ ބަންގަލޯތަކާއި ނަރުދަމާ އަދި ޑީސެލިނޭޝަން ޕްލާންޓް އަދި ހާބަރުތައް ހަދަން ބޭނުން ކުރެވޭނެ މޮޅު އުފެއްދުމެއް ކަމަށެވެ.

ރާއްޖޭން އެސްއާރުސީ ލޯންޗްކުރުމާއެކު މިހާރު ކޮންޓްރެކްޓަރުންނަށް ފަސޭހަކަމާއެކު ބޭނުން ވާ ވަގުތަށް ގަނެވޭނެ އެވެ. އަދި މިފަދަ މަޝްރޫއުތައް ހިނގުމަށް ބޭނުންވާ އެސްއާރުސީ ބޭރުން ބަލްކުކޮށް ގަތުމަށްވުރެ އަގު ހެޔޮކޮށް އަތްފޯރާ ފަށަށް ތާޒާކަމާއެކު ބަންދު ކުރެވިގެން ލިބޭނެ ކަމަށެވެ.

މިހާރު އެ ކުންފުނީގެ ލޯކަލް ޕޯޓްފޯލިއޯ އަށް އޯޕީސީ 42.5 އެން ގެ އިތުރުން އޯޕީސީ 42.5 އާރު އަދި އެސްއާރުސީ ހިމެނި މި ދެވައްތަރުގެ ސިމެންތި އިތުރުވެ، ރާއްޖޭން މި އުފެއްދުން ލިބުމުގެ މަގު މިވަނީ ފަހި ވެގެން ގޮސްފަ އެވެ.

އެ ކުންފުނިން ބުނީ މިއީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ސަބަބަކީ ރާއްޖެ އަށް ގިނަ ވައްތަރުގެ ސިމެންތި ތަކެއް ލިބި ޕްރޮޖެކްޓްތައް ހިންގަން ފުރުސަތު ލިބޭނެ ކަމަށެވެ.