މޯލްޑިވްސް ޕޮލިސް ސާވިސް

ފައިރޫޝް ރިޓަޔާ ކުރައްވައިފި

Jan 2, 2021
1

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރައްވައިފި އެވެ. އޭނާ ރިޓަޔާ ކުރެއްވި ކަމަށް ފުލުސް އިދާރާއިން ވެސް ވަނީ ހާމަކޮށްފަ އެވެ.

ފައިރޫޝް ރިޓަޔާ ކުރެއްވީ ފުލުސް ހިދުމަތުގައި 20 އަހަރު ދުވަހު ހިދުމަތް ކުރެއްވުމަށް ފަހުގައެވެ. އޭނާ މިއަދު ހިދުމަތުން ރިޓަޔާ ކުރެއްވި އިރު ކުރިން ފީއެޗްޑީއަށް ކިޔަވައި ވިދާޅުވާން އޮސްޓްރޭލިއާގައި ހުންނަވަނިކޮށް، 2017 ވަނަ އަހަރު ފުލުހުންގެ ވަޒީފާއިން ވަކިކުރިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ފައިރޫޝަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުން ހުކުމް ކުރިއެވެ.

އަލުން ފުލުސް ހިދުމަތާ ގުޅިވަޑައިގެން ހިދުމަތް ކުރައްވަމުން ވަޑައިގެން ފައިރޫޝް ރިޓަޔާ ކުރެއްވި އިރު ފުލުހުންގެ ގާނޫނަށް ގެނައި އާ އިސްލާހުތައް މިހާރު ވަނީ ތަަސްދީގުކޮށްފަ އެވެ. އެ އިސްލާހުތަކަށް އަަމަލު ކުރާއިރު ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް އެ ގާނޫނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑުން ބަލައި މަގާމުގައި ބޭތިއްބުމާ މެދު ގޮތެއް ނިންމަން ޖެހެ އެވެ.

ފައިރޫޝްއަކީ 7 ފެބުރުއަރީގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު ފުލުސް އިދާރާއާ ވަގުތީ ގޮތުން ހަވާލުވި ފަރާތެވެ.