LIVE UPDATES

ބަލައި ފާސްކުރާ އޮޕަރޭޝަންގައި އެފްއޭއެމަށް ވަދެއްޖެ

Updated:
1
  • އަދީބާ ގުޅުން ހުރި ފަސް ތަނެއް ބަލައި ފާސްކުރި
  • އެތަންތަނުން ތިން މީހަކު ހައްޔަރު ކުރި
  • އެފްއޭއެމަށް ވެސް ވަދެއްޖެ

ނައިބު ރައީސް އަހުމަދު އަދީބާ ގުޅުން ހުރި ކަމަށް ބެލެވޭ ފަސް ގެއަކަށް ފުުލުހުންނާއި ސިފައިން ވަދެ ފާސް ކުރަން ފަށައިިފި އެވެ.

މީގެ ތެރެއިން އެއްގެއކީ އަދީބުގެ އޮފީހެއް ހުންނަ އަށް ބުރީގެ މ. ސެސްނާ ބިލްޑިންގާއި އަދީބުގެ އެކުވެރި އަދި ގާތް ގުޅުމެއް އޮންނަ ގ. އޮއިވާލި އާއި ރެހެންދި ފްލެޓްގައި އައިޝަތު ލީޒާ އުޅޭ ފްލެޓެވެ. މީގެ އިތުރުން މ. ކޯރުކެނޑި މަގުގައި ހުންނަ ޒުއްރިއްޔާނުމާގެ ހިމެނެ އެވެ.

މީގެ ތެރެއިން އޮއިއްޓެ ދިރިއުޅޭ އޮއިވާލި ފާސްކުރިއިރު ކޯޓު އަމުރުގައިވާ ގޮތުން، އެ ގެ ބަލައި ފާސްކުރަނީ ލޯންްޗުކޮޅު ގޮއްވާލި ހާދިސާއާ ގުޅިގެން ތުހުމަތު ކުރެވޭތީ އޭގެ ހެއްކާއި ގަރީނާ ހޯދުމަށެވެ އަމުރު 24 ގަޑިއިރަށް ދީފައިވާއިރު އެ މުރުގައި ބުނެފައި ވަނީ މައްސަލައިގެ ބާވަތަކީ މުދަލަށް ގެއްލުން ދިނުން، މީހަކަށް އަނިޔާވާ ފަދަ ކަމެއް ހިންގުން، މީހުންގެ ހިތުގައި ބިރުވެރިކަމެއް އުފެދޭ ފަދަ ކަމެއް ހިންގުން އަދި ގޮވާތަކެތި އުފެއްދުމާއި ގުޅޭ ހެކި ހޯދުމަށް ކަމަށެެވެ.

މި ގޭގެގެއަށް ފުލުހުންނާއި ސިފައިން ވަދެފައި ވަނީ ހަތިޔާރާއެކު އެވެ.

މިތަންތަން ފާސް ކުރަމުންދާއިރު ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު މިއަދު ރާއްޖެ ވަޑައިގަތުމުން ގައުމަށް ގައްދާރުވުމުގެ ތުހުމަތުގައި ހައްޔަރުކޮށް ވަނީ ދޫނިދޫއަށްގެންގޮސްފަ އެވެ.

މި ގެތަކަށް ހަތިޔާރާއެކު ސިފައިންނާއި ފުލުހުން ވަދެ ބަލައި ފާސްކުރާއިރު ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު މިއަދު ވިދާޅުވީ ސަލާމާތާއި ރައްކާތެރި ކަމަށްޓަަކައި އަޅަންޖެހޭ ފިޔަވަޅުތައް މިއަދު އަޅުއްވާނު ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ އިސްކަންދަރު ކޮށީގައި ހަރަކާތްތެރިވަނީ މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރު ފަށާފައިވާ އޮޕަރޭޝަންގެ ދަށުން ކަމަށެވެ. އިސްކަންދަރު ކޮށި ހިމެނޭ ސަރަހައްދު ފުލުހުން މިހާރު ވަނީ ބަންދުކޮށްފަ އެވެ.