ހަބަރު

ހެކި ހޯދަން ސ. ހިތަދޫގެ ގެއެއްވެސް ބަލައި ފާސްކޮށްފި

Oct 30, 2015

ރައީސް ދަތުރު ކުރެއްވި "ފިނިފެންމާ" ގައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލައާ ގުޅިގެން ސ. ހިތަދޫ ގެއެއް ވެސް ބަލައި ފާސްކޮށްފި އެވެ.

އެ ރަށުން ބަލައި ފާސްކުރި ބޮކަރުމަގެއަށް ގެއަށް ފުލުހުން ވަނީ ގައުމީ ސަލާމަތަށް ނުރައްކާ އަމަލެއް ހިންގަން އުޅުމުގެ މައްސަލައިގައި ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާއި ހޯދުމަށެވެ.

ލޯންޗުގައި ދިން ބޮމުގެ ހަމަލާއަށްފަހު ފުލުހުންނާއި ސިފައިން ދަނީ ވަރަށް ގިނަ ގޭގެ އައި ތަންތަނާއި ބައެއް ރަށްރަށް ވެސް ބަލައި ފާސް ކުރަމުންނެވެ.