ހަބަރު

މިރޭ ވެސް ގެއެއް ބަލައި ފާސްކޮށްފި

Nov 7, 2015

ހެންވޭރު މޫކައި ހޮޓާ ހިމެނޭ ސަރަހައްދު ބަންދުކޮށް އެ ސަރަހައްދުގެ ގެއެއް ބަލައި ފާސް ކުރުމަށް ފަހު ބަންދު ކުރި ސަަރަހައްދު ހުޅުވާލައިފި އެވެ.

މިރޭ ބަލައި ފާސްކޮށްފައި ވަނީ ދީފްރަމް ގޯޅީގައި ހުންނަ ހ. ނިއު ހެޕިނެސް އެވެ. ގާތްގަނޑަކަށް 9:30 އެހާކަންހާއިރުން ފެށިގެން ފުުލުހުން އެގެއަށް ވަދެ ފާސް ކުރުމަށްފަހު މިހާރު ވަނީ ދޫކޮށް ގޮސްފައެވެ. އެގެއިން ފުލުހުން ދިޔައީ ބައެއް ތަކެތި ހިފައިގެންނެވެ.

އެގެ ފާސްކޮށްފައި ވަނީ ވަނީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ފަށާފައިވާ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތާއި ހެކި ހޯދުމަށެވެ.