ފުލުހުން ބަލައި ފާސް ކުރުން

ކެފޭ އުސޫލުން ޑުރަގު ވިއްކާ ގެއެއް ރެއިޑްކޮށްފި

ފުލުހުން ކުރިން ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
100%
0%
0%

މ. ކުއްޅަފިލާގެ ރެއިޑްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި އެވެ.

އެ ގެއަކީ ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާ މީހުން އާންމުކޮށް ވަދެ ނުކުމެ އުޅޭ ތަނެކެވެ. ފުލުހުން ގެންދަނީ ދޭތެރެ ދޭތެރެއިން އެ ގެ ރެއިޑް ކުރަމުންނެވެ.

ފުލުހުން ބުނީ މިއަދު ވެސް އެ ގެއަށް ވަދެ ރެއިޑްކޮށްފައިވާ ކަމަށާ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ފަސް ޕެކެޓް ވަނީ ހޯދާފަ އެވެ.

ކެފޭ ފަދަ ތަންތަން ހިންގާ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެއްވެ އުޅޭ ގިނަ ގެތަކެއް މާލޭގައި ހުރެއެވެ. އެކަން ހުއްޓުވަން ފުުލުހުން ދޭތެރެ ދޭތެރެއިން ބޮޑެތި އޮޕަރޭޝަންތައް ހިނގަ އެވެ. ދާދި ފަހުން ނޫސްވެރިން ހިމެނޭ ޓީމަކާއެކު ވެސް ފުލުހުން ވަނީ އެ އައްޑާތައް ހުއްޓުވަން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެތަންތަނުގެ މައުލޫމާތު ގެނެސްދީ އެހާ ފަސޭހަކޮށް ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ އަދި އެ ވިޔަފާރި ފުޅާކޮށްފައިވާކަން ހާމަވެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ކުއްލިއަކަށް އެ އޮޕަރޭޝަންތައް ހުއްޓުނެވެ. އަޑުތައް ފެތުރިފައިވާ ގޮތުން އެ އޮޕަރޭޝަންތައް "ބާރުގަދަ" ފަރާތްތަކަކުން ހުއްޓުވީ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އހމ

ގަލޮޅުގަ އެންމެ ގިނައީ ތިކަހަލަ ތަންތަން.. ހުވަފެނީގޯޅި، ސެންޓުގެ ގޯޅި، ބޭކާސް ބޭކަރީގެ މަތި(މަޖިލިސް މެމްބަރު ބޯދިގުގެ މަސްލަޙަތު އޮންނަތަނެއް) ފުލުހުން މިތަންތަނާ ކައިރިވާން ވެސް ބިރުގަނޭ..

ނޮޓްކޫލް

ކެފޭއަކައް ވަދެ ފަސް ސައިފަތް ޕަކެޓް ހިފަިގެން ނިކުތުން ކަހަލަ ކަމެތް ތީ.. އެހެންޔާ،، ޑްރަގް ވިއްކާ ކެފޭއަކައް ވަދެ އަތު ޖެހުނީ ފަސް ޕަކެޓް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345