މަސްތުވާތަކެތި

1.1 ކިލޯގެ ޑްރަގު ގެނައި މީހަކު އަތުލައިގެންފި

Apr 30, 2019
3
ޕޮލިސް އޮަޕަރޭޝަނެއްގައި މީގެ ކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ބާވަތްތަކެއް
0%
0%
0%

ރާއްޖެއަށް ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފައިގެން އައި މީހަކު އަތުލައިގެންފި އެވެ.

ފުލުހުންގެ އިދާރާއިން ޓްވީޓެއް މެދުވެރުކޮށް މިރޭ ބުނީ މިއަދު މެންދުރު ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރޭ، ބިދޭސީއެއްގެ އަތުން 1.144 ކިލޯގެ ކޮކެއިން އަތުލާފައިވާ ކަމަށެވެ.

ރާއްޖެ އައި ތަނުން ވީއައިއޭއިން އަތުލައިގަތް އެމީހާގެ ގައުމާއި އެހެނިހެން ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. މިއަދު އެ މީހާ އަތުލައިގަތް އިރު އިއްޔެ ފުލުހުން ވަނީ 149 ކިލޯގެ މަސްތުވާތަކެތި ރާއްޖެ ގެނެސް ގދ. ގެ ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް އަތުލައިގެންފަ އެވެ.

ކޮކެއިން އާއި ހެރޮއިން ހިމެނޭ އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާވުރެ މައްޗަށް އަރަ އެވެ. އެ މައްސަލާގައި ފަސް މީހަކު ހައްޔަރު ކޮށް އެކަކުގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު އަނެއް ހަތަރު މީހުންގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345