ހަބަރު

ކުއްތާއާއެކު ހުޅުމާލޭގައި ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް

Oct 4, 2020
1
ކުއްތާ، ބޭނުންކޮށްގެން މީގެ ކުރިން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގަނީ. -- ފޮޓޯ: ޕޮލިސް
0%
0%
0%

ކުއްތާ ބޭނުން ކޮށްގެން، ފުލުހުން ހުޅުމާލޭގައި ހާއްސަ އޮޕަރޭޝަނެއް ހިންގަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރަކު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހުޅުމާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ވަކި ކަމަކަށް އަމާޒު ކޮށްގެން ހިންގާ އޮޕަރޭޝަނެއް ނޫން ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަނުގައި ކުއްތާ ބޭނުން ކުރާނެ ކަމަށެވެ. ވަކި ކަމަކަށް ހާއްސަ ނުކުރާ ކަމަށް ބުނި ނަމަވެސް އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުން ކުރަނީ މަސްތުވާތަކެތި ހޯދުމަށެވެ.

މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެފައިވާއިރު މައުލޫމާތު ލިބޭ ގޮތިގައި މިއީ މަސްތުވާތަކެތި ހޯދުމަށް ހިންގާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ހުޅުމާލޭ ހުރަވީ ސްކޫލް ހުންނަ ސަރަހައްދުގެ ގެތައް ބަލާ ފާސްކުރަމުން ދާއިރު މިހާތަނަށް މަސްތުވާތަކެތި ފެނިފައިވާ ކަމެއް އަދި ވަނީ ސާފުވާ ގޮތެއް ނުވެއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު އެމްޕީއެލް ސަރަހއްދުގައިވެސް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345