މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލޭގައި 48 ބިޔަރު ދަޅާ އެކު ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ބަނގުރަލާއި ބިޔަރު ގެންގުޅުނު ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ މިރޭ 10:00 ހާއިރު ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު ކައިރިންނެވެ.

ފުލުހުން ބުނީ މި މީހާގެ އަތުން 48 ދަޅު ބިޔަރާއި އެއް ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް ބިދޭސީ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރީގައި ބިދޭސީން ހަރަކާތްތެރިވުމަކީ އާންމުންގެ ކަންބޮޑުވުން އަބަދުވެސް އޮންނަ މައްސަލަ އެކެވެ.