މަސްތުވާތަކެތި

149 ކިލޯ ވަޅުލާފައި ހުރީ ގދ. ހުޅުވާރުލުގައި

Apr 30, 2019
10
0%
0%
0%

ކަނޑު މަގުން ރާއްޖެ އެތެރެކޮށް ވަޅުލައިގެން އުޅެނިކޮށް އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތި ވަލުލާފައި ހުރީ ގދ. ގެ ފަޅުރަށް، ހުޅުވާރުލުގައި ކަމަށް ފުލުހުން ބުނެފި އެވެ. މި ފަޅުރަށް އޮންނަނީ އެއާޕޯޓެއް ހަދަމުން އަންނަ ގދ. މާވަރުލު ކައިރީގަ އެވެ.

ރާއްޖެ އެތެރެކޮށް އެ ރަށަށް ބަލާފައި ވަޅުލައިގެން އުޅެނިކޮށް އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ޕެކިންގައި ހުރި ހެރޮއިން އާއި ކެނެބިސް އެވެ.

ތުހުމަތަށް ފަސް މީހަކު ހައްޔަރު ކޮށްފައިވާ މި މައްސަލާފައި އެ ފަޅު ރަށުން އަތުލީ 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސް އެވެ. އެތަކެތީގެ މަގުމަތީގެ އަގަށް 240 މިލިޔަން ރުފިޔާގެ އަރަ އެވެ.

އަތުލައިގަތް މަސްތުވާތަކެތި

  • ޖުމަލަ: 149 ކިލޯ
  • ހެރޮއިން: 100 ކިލޯ
  • ކެނަބިސް: 49
  • އަގު 240.6.9 މިލިޔަން ރުފިޔާ
  • ރަށް: ހުޅުވާރުދު

ފުލުހުންގެ އަޕާ ސައުތު ޑިވިޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހިންގި މި އޮޕަރޭޝަންގެ ހަބަރު ރޭ އިއުލާން ކުރެއްވީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގދ. ތިނަދޫގައި ރޭ ބޭއްވި ޑިނާ ނައިޓްގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

ރޭ ކޮމިޝަނާ ރޭ ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ އެ މަސްތުވާތަކެތި އަތުލީ 72 ގަޑިއިރުގެ ބޮޑު އޮޕަރޭޝަނަކުންނެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345