މޯލްޑިވްސް ޕޮލިސް ސާވިސް

ސޯމާލިއާ ތިން މީހުން އިމިގްރޭޝަނާ ހަވާލުކޮށްފި

ނ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ވަވަތީގައި ތިއްބާ ފެނުނު ސޯމާލިއާގެ ތިން މީހުން އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

މި ތިން މީހުން ރާއްޖެ އައީ އެމީހުން ދަތުރުކުރަމުން ދިޔަ ޑިންގީގައި ބެހިގެން ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

މި މީހުން ވަވަތީގައި ތިއްބާ ފެނުނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ފުލުހުން މިއަދު ބުނީ ތަހުގީގުގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މި ތިން މީހުންވެސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ސޯމާލިއާ އަކީ ކަނޑުފޭރޭ ގުރޫޕްތައް ފުޅާ ދާއިރާއެއްގައި ހިންގާ ގައުމެކެވެ.

ރާއްޖެއިން ފެނުނު މީހުންނަކީ ކީއްކުރަން އުޅުނު ބައެއް ކަމެއް އަދިވެސް އެނގިފައެއް ނުވެ އެވެ.