އަނެކާއަށް އޯގާތެރިވެ އަޅާލުމަކީ ދެރަވެ ނިކަމެވިވާ ކަމެއް ނޫނެވެ. އަދި އެއީ ކުރިއެރުމަށް ނުވަތަ ތަނަވަސްކަމަށް އެޅޭ ހުރަހެއް ވެސް ނޫނެވެ. އާ އަހަރު ފެށި އިރު މިކަންކަން ހަނދާން ކޮށްދެނީ އެލައިޑް އިންޝުރެންސް ކުންފުނިން ދޫކޮށްލި ވީޑިއޯ ކޮޅެކެެވެ. އާ އަހަރުގެ ތަހުނިޔާ އެންމެހާ ފަރާތްތަކަށް ކިޔުމަށް އެ ކުންފުނިން ހެދި ވީޑިއޯކޮޅު އިބްރަތްތެރި އެތައް ވާހަކަ ކިޔައިދެ އެވެ.
އެ ވީޑިއޯގައި ދައްކަނީ ރިސޯޓް މުވައްޒަފަކު ކޮވިޑްގެ ހާލަތާއެކު އޭނާގެ ކުލި ނުދެއްކި ގޭގައި ތާށިވެފައިވާ މަންޒަރެެވެ. ދަރިޔަކާއި އަންބަކު ގޮވައިގެން އުޅޭ އެ މީހާއަށް ގޭގެ ވެރިމީހާ ގުޅައެވެ. އަދި ކުލި ފަސް ކުރަން އޭނާ ގޭގެ ވެރި މީހާއާ ވާހަކަ ދައްކައެވެ. އަލުން ވަޒީފާ ލިބުނު ވާހަކައާއި ދެން ތިން މަހުގެ ކުއްޔާއި މެދު ގޮތެއް ނިންމަން ވާހަކަ ވެސް ފަށައެވެ.
ގޭގެ ވެރިމީހާ ދެނީ އުފާވެރި ހަަބަރެެކެވެ. ހިސާބެއް ހަދާލައި "ކުއްޔަކީ 200" ކަމުގައި ބުނެއެވެ.
އުނދަގޫ ހާލަތުން އަރައި ގަނެވޭނީ އެއްމެން އެކުގައި މަސައްކަތްކޮށްގެން ކަމުގައި ބުނެދެއެވެ. ޓުއަރިޒަމް ސިނާއަތު މުޅި އިގްތިސޯދު ބިނާވެފައިވާއިރު ޓުއަރިޒަމް ސިނާއަތު ކޮޅަށް ތެދުވަން މަސައްކަތް ކުރާއިރު މި ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް އަތްމަތި ދަތިވި ހާލާތުގައި އެއްމެންގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެއެވެ.
ވީޑިއޯގައި އުޅޭ އަންހެން މީހާ މުހިއްމު ސުވާލެއް ކޮށްލައެވެ. އޭނާގެ ސުވާލަކަށްވީ "ކޮން ދުއިސައްތަ ރުފިޔާއެއް؟"
އެއީ އެލައިޑް އިންޝުއަރެންސްގެ އާ ޕްރޮޑަކްޓެކެވެ. ގޭގައި ހުނަން އަމިއްލަ މުދާ އިންޝުއަރކޮށްލުމަކީ އެ ކުންފުނިން ދޭ ހިދުމަތެކެވެ. ގޭގެ ވެރިމީހާ އާ އަހަރުގެ ހަދިޔާއެއްގެ ގޮތުން ދެމަފިރިންނަށް އެ ދިނީ އެ ޕެކޭޖެެވެ. އަހަރުމެންނަށް އެލައިޑް އިންވެސް ދިނީ ހަދިޔާއެކެވެ. މުހިއްމު މެސެޖެކެވެ. އެކަކު އަނެކަކު އެހީތެރިކަން ބޭނުންވާނެ މިންވަރާއި އޯގާތެރިކަން އިސް ކުރުމަށް ދިން ހަދިޔާއެކެވެ.
އެއީ އެލައިޑް އިންޝުއަރެންސްގެ އާ ޕްރޮޑަކްޓެކެވެ. ގޭގައި ހުނަން އަމިއްލަ މުދާ އިންޝުއަރކޮށްލުމަކީ އެ ކުންފުނިން ދޭ ހިދުމަތެކެވެ. ގޭގެ ވެރިމީހާ އާ އަހަރުގެ ހަދިޔާއެއްގެ ގޮތުން ދެމަފިރިންނަށް އެ ދިނީ އެ ޕެކޭޖެެވެ. އަހަރުމެންނަށް އެލައިޑް އިން ވެސް ދިނީ ހަދިޔާ އެކެވެ. މުހިއްމު މެސެޖެކެވެ. އެކަކު އަނެކަކު އެހީތެރިކަން ބޭނުންވާނެ މިންވަރާއި އޯގާތެރިކަން އިސް ކުރުމަށް ދިން ހަދިޔާއެކެވެ.