ހަބަރު

ގޭސްފުޅިއެއް ގޮވައި ދެ މީިހަކު ފިހިއްޖެ

ގޭސްފުޅިއެއް ގޮވާ ދެ މީިހަކު ފިހިއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ހ. ތިންނޫނުގޭގެ ފަސްވަނަ ބުރީގައެވެ. އެމްއެންޑީއެފުން ދެންމެ ބުނީ އެ ހާދިސާގައި ދެ މީހުން ފިހިފައިވާ ކަމަށެވެ. އެ ދެ މީހުންނަށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އެއީ ދެ ދިވެހިންނެވެ.

މިހާދިސާ ހިނގަން މެދުވެރިވީ ގޮތް ސިފައިން ދަނީ ބަލަމުންނެވެ.