ހަބަރު

ފިހާރަ ތަކުން ގަނޑުކުރި ތަކެތި ބެލެހެއްޓުމުގައި ސަމާލުވާން އަންގައިފި

Jan 7, 2021
2

ރާއްޖޭގެ ފިހާރަތަކުގައި ބަހައްޓާފައި ހުންނަ، ގަނޑުކުރި އަދި ފިނިކުރި ކާބޯތަކެތީގެ ފިނި ހޫނުމިން ދަށް ކަމަށް ފާހަގަ ވެގެން އެކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

ރާއްޖެއަށް އެތެރެކޮށް ވިއްކާ އަދި ކޯބާތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ، އެމްއެފްޑީއޭ އިން ބުނީ އެ އޮތޯރިޓީން އިންސްޕެކްޓްކޮށް ނެގި ސާމްޕަލްތައް ތަހުލީލުކޮށް ބެލި ބެލުމުގައި ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ އުފެއްދުންތަކުގެ ފިނި ހޫނުމިން ބަހައްޓަން ޖެހޭ މިންގަނޑުގައި ބަލަހައްޓަމުން ނުދާކަން ފާހަގަ ވެފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ ގަނޑުކުރި ކާބޯތަކެއްޗަކީ ކަނޑައެޅިފައިވާ ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ތަކެތި ކަމުން އޭގެ ފިނިހޫނުމިނަށް ބަދަލު އަތުވެއްޖެނަމަ އޭގެ ފެންވަރާއި ރައްކާތެރިކަން ގެއްލިގެންދާނެ ކަމަށެވެ. އަދި މިއީ އާއްމު ސިއްހަތަށް ނުރައްކާވާ ކަމަކަށްވާތީ މިފަދަ ތަކެތި ރައްކާކޮށް ގުދަން ކުރުމާއި އަދި ވިއްކަން ބެހެއްޓުމުގައި ސަމާލުވުމަށް އަންގާ ކަމަށެވެ.

އެގޮތުން، ގަނޑުކުރި ކާބޯތަކެތީގެ ފިނިހޫނުމިން -18°C ސެލްސިއެސް އަށް ވުރެ މަތިނުވާނެ ގޮތަކަށް އަދި ފިނިކުރި ކާބޯތަކެތި 0-5°C ސެލްސިއެސް އާ ދެމެދުގައި ބެހެއްޓުން މުހިންމު ކަމަށެވެ.