ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދެއްވަދޫ

ދިހަ މީހަކު ޕޮޒިޓިވްވެ ދެއްވަދޫ މޮނިޓަރިންއަށް

ގއ. ދެއްވަދޫއިން ކޮވިޑް-19 އަށް 10 މީހަކު ޕޮޒިޓިވްވެ، އެ ރަށް އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެސް، ރަށައް އަރާ ފޭބުން މަނާކޮށްފި އެވެ.

އެޗްއީއޯސީން މިރޭ ބުނީ އެ ރަށުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ހޯމްކަރަންޓީންގައި ހުރި މީހެއް ކަމަށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް ރަށައް ބަލި ފެތުރެން ދިމާވީ އެމީހާ ހޯމް ކަރަންޓީންގެ މުއްދަތަށްފަހު ސާމްޕަލް ނަގާ ނަތީޖާ ލިބުމުގެ ކުރިން ގޯސް މައުލޫމާތެއް ފޯރުކޮށްދެވި ކަރަންޓީނުން ވީއްލުމުގެ ސަބަބުން ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވިއެވެ.

އޭގެ ފަހުން ހަތަރު މަހުގެ ކުޑަކުއްޖަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އެކުއްޖާއާ ޑައިރެކްޓްކޮންޓެކްވި އިތުރު މީހަކު މި މަހުގެ ހަވަނަ ދުވަހު ޕޮޒިޓިވްވިއެވެ. އެ ފަހުން އިތުރު ހަ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ނަޒްލާ ވިދާޅުވީ ކޮންޓެކްޓްޓްރޭސިންގެ މަސައްކަތް ނިމެންދެން ދެއްވަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.