ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދެއްވަދޫ

ދެއްވަދޫ ކްލަސްޓާ: ޕޮޒިޓިވް އަދަދު 85 އަށް

ދެއްވަދޫ ކްލަސްޓާގައި އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 85 އަށް އަރައިފި އެވެ.

އެ ރަށުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ހޯމްކަރަންޓީންގައި ހުރި މީހެއް ކަމަށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެ ފަހުން މިއަދާ ހަމައަށް އެ ކްލަސްޓާއާ ގުޅުންހުރި 85 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެންމެ ފަހުން އެ ކްލަސްޓާއިން މީހަކު ޕޮޒިޓިވްވީ މިއަދު އެވެ. އިއްޔެވެސް އަދި އޭގެ ކުރީ ދުވަހުވެސް މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އެޗްއީއޯސީން ބުނީ އެ ކްލަސްޓާއާ ގުޅުންހުރި 85 މީހުންގެ ތެރެއިން 75 މީހުން ޕޮޒިޓިވްވީ ދެއްވަދޫއިން ކަމަށެވެ. އެ ކްލަސްޓާއާ ގުޅުންހުރި ހަތް މީހަކު ދާންދޫން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ލ. ފޮނަދޫއިން ހަތަރު މީހުން، ހުޅުމާލެ އިން ދެ މީހުން އަދި ގއ. ވިލިގިލިން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ދެއްވަދޫ އާއި ދާންދޫ އޮތީ މޮނިޓަރިންގައެވެ. ކުރިން މޮނިޓަރިންގައި އޮތް ގއ. ވިލިގިލި ވަނީ މޮނިޓަރިންއިން ނަގާފައެވެ.