ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދެއްވަދޫ

ދެއްވަދޫ ކްލަސްޓާ: ޕޮޒިޓިވް އަދަދު 69 އަށް

ދެއްވަދޫ ކްލަސްޓާގައި އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 69 އަށް އަރައިފި އެވެ.

އެ ރަށުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ހޯމްކަރަންޓީންގައި ހުރި މީހެއް ކަމަށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި 69 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްއީއޯސީން ބުނީ އެ ކްލަސްޓާއާ ގުޅުންހުރި 69 މީހުންގެ ތެރެއިން 55 މީހުން ޕޮޒިޓިވްވީ ދެއްވަދޫއިން ކަމަށެވެ. އެ ކްލަސްޓާއާ ގުޅުންހުރި ހަ މީހަކު ދާންދޫން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ލ. ފޮނަދޫއިން ހަތަރު މީހުން، ހުޅުމާލެ އިން ދެ މީހުން އަދި ގއ. ވިލިގިލިން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.