ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދެއްވަދޫ

މަސްދުވަހަށް ފަހު ދެއްވަދޫ މޮނިޓަރިން ނަގައިފި

Feb 1, 2021
4

ގއ. ދެއްވަދޫއަށް އަރާ ފޭބުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ރަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން އިން ނަގައިފި އެވެ.

ދެއްވަދޫ މޮނިޓަރިންއިން ނަގާފައިވަނީ މަހެއްހާ ދުވަހު މޮނިޓަރިންގައި ބޭއްވުމަށް ފަހު އެވެ. އެ ރަށް މޮނިޓަރިންއިން ނެގި ނަމަވެސް އެ ރަށުން އުފެދުނު ކްލަސްޓާއާ ގުޅުންހުރި ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 85 އަށް އަރާފައެވެ. އެ ރަށުން ހޮނިހިރު ދުވަހާއި ހުކުރު ދުވަހުވެސް މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެ ރަށުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ހޯމްކަރަންޓީންގައި ހުރި މީހެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

އެ ކްލަސްޓާއާ ގުޅުންހުރި ހަތް މީހަކު ދާންދޫން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ލ. ފޮނަދޫއިން ހަތަރު މީހުން، ހުޅުމާލެ އިން ދެ މީހުން އަދި ގއ. ވިލިގިލިން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.