އިންޑޮނޭޝިއާ

އިންޑޮނޭޝިއާގެ މަތިންދާބޯޓެއް ގެއްލިއްޖެ

Jan 9, 2021

އިންޑޮނޭޝިއާގެ މަތިންދާބޯޓެއް ޖަކާޓާއިން ފުރިތާ ގިނަ އިރުތަކެއް ނުވަނީސް އެ ބޯޓާއި ގުޅުން ކެނޑިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފި އެވެ.

ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި ގެއްލުނު ބޯޓްގައި 62 މީހުން ތިއްބެވެ. ގެއްލިފައިވަނީ ސްރިވިޖާޔާ އެއާގެ ބޯއިން 737 ގެ ބޯޓެކެވެ. ބޯޓް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެ ބޯޓާ އެންމެ ފަހުން ގުޅުނު ސަރަހައްދަށް މިހާރު ވަނީ ރެސްކިއު ޓީމުތައް ފޮނުވާފައެވެ.