ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދެއްވަދޫ

ދެއްވަދޫ ޕޮޒިޓިވް ނަންބަރު 22 އަށް

ގއ. ދެއްވަދޫއިން ކޮވިޑް-19 އަށް އިތުރު ނުވަ މީހަކު ޕޮޒިޓިވްވެ އެ ރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު 22 އަށް އަރައިފި އެވެ.

އެ ރަށުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ހޯމްކަރަންޓީންގައި ހުރި މީހެއް ކަމަށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. މިއަދުވެސް އެ ރަށުން ވަނީ ނުވަ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި 22 މީހަކު ތިބިއިރު އެއީ އެ ރަށުގައި ތިބި 16 މީހުންނާއި ހުޅުމާލޭގައި ތިބި ދެ މީހަކާއި ފުނަދޫގައި ތިބި ހަތަރު މީހެކެވެ.

މި ކޭސްތަކާއި ގުޅިގެން މިހާތަނަށް 149 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ. އޭގެ ތެރޭގައި 55 ހައިރިސްކް މީހުން އަދި ބަލީގެ އަލާމަތް ހުރި 18 މީހަކު ހިމެނެއެވެ. އެރަށުން މިހާތަނަށް 163 ސާމްޕަލް ނަގާފައިވާއިރު ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ 78 މީހުންގެއެވެ. އަދި 85 ސާމްޕަލްގެ ނަތީޖާ މިރޭ ލިބޭނެ ކަމަށް އެޗްއީއޯސީން ބުންޏެވެ.