ހަބަރު

އަދީބުގެ ދޮށީ އަނބިކަބަލުންގެ ގެ ފާސްކުރަން ފަށައިފި

Oct 25, 2015

އަދީބުގެ ދޮށީ އަނބިކަބަލުން ލިއުޝާ ދިރިއުޅުއްވާ، މ. ލިސްމާޓާއަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފި އެވެ. ލިއުޝާ އާއި އަދީބުގެ ދެ ދަރިން މަިވަގުތު ރާއްޖެއަކު ނެތެވެ. ފުލުހުންގެ ޓީމެއް އެގެއަށް ވަދެ ފާސް ކުރަނީ ހަވަނަ ފްލޯ އާއި ހަތް ވަނަ ފްލޯކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުން އިއްޔެ ވެސް ވަނީ އަދީބުއާ ގުޅުން ހުރި އަށްތަނެއް ފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފަ އެވެ. މީގެ ކުރިން ވެސް އަދީބުގެ އަނބިކަބަލެއް ދިރިއުޅުއްވި ގެއެއް ފުލުހުން ފާސްކޮށްފައިވެ އެވެ.

(ތަފްސީލް އަންނަނީ)