ހަބަރު

ދެ ނާޒިމާއި ތޮލްހަތު މާފުށީ ޖަލަށް ބަދަލުކޮށްފި

Oct 25, 2015

ހިންމަފުށީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ މަޖިިސް ނައިބު ރައީސް އަހުމަދު ނާޒިމް މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

ކަރެކްޝަންގެ މީޑީއާ ކޯޑިނޭޓަރު މޫސާ ރަމީޒުް ވިދާޅުވީ މިއަދު ހަވީރު އެ ތިން ބޭފުޅުން މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށާއި ބަދަލު ކުރީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ހުންނަވާ ޔުނިޓެވެ. ނަމަވެސް އެ ތިން ބޭފުޅުން ތިއްބަވާނީ ނަޝީދާ ވަކިންނެވެ.

މި ބޭފުޅުން ބަދަލު ކުރި ސަބަބެއް ނުބުނެ އެވެ.

މި ތިން ބޭފުޅުން މާފުށީ ޖަލަށް ބަދަލު ކުރި އިރު މީގެ ދުވަސްކޮޅެއް ކުރިން ވަނީ އައްސޭރި ޖަލުގައި އެ ބޭފުޅުން ތިއްބެވި ޔުނިޓުން އެއްޗެހިތަކެއް ފެނިފައެވެ.