މޯލްޑިވްސް މީޑިއާ ކައުންސިލް

ނޫސްވެރިކަމުގެ އިނާމު މެއި ތިނެއްގައި

މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމުގެ މި އަހަރުގެ އެވޯޑް ހަފްލާ އަންނަ މެއި މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ. މި އަހަރު ދިނުމަށް ނިންމާފައިވަނީ 2020 ވަނަ އަހަރުގެ އިނާމެވެ.

މެއި މަހުގެ ތިންވަނަ ދުވަހަކީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހެވެ. 2015 ވަނަ އަހަރު ދޭން ފެށި މި އެވޯޑް ހަފްލާތައް ގިނައިން ބާއްވާފައިވަނީ މެއި މަހުގެ ތިންވަނަ ދުވަހު ނަމަވެސް މިދިޔަ އަހަރު އެވޯޑް ހަފްލާ ބޭއްވުނީ އަހަރުގެ އެންމެ ފަހު މަހުއެވެ. އެހެން ބައެއް އަހަރުތަކުގައިވެސް އެ ތާރީހުގައި އެވޯޑް ހަފްލާ ނުބޭއްވިވެއެވެ.

މީޑިއާ ކައުންސިލުން މިއަދު ބުނީ އެ ކައުންސިލުން މިއަދު ބޭއްވި ބައްދަލްވުމުގައި "ނޫސްވެރިކަމުގެ އިނާމު 2020" މެއި މަހުގެ ތިންވަނަ ދުވަހު ދިނުމަށް ނިންމާފައިވާ ކަމަށެވެ. ނޫސްވެރިންގެ މަސަކަތްތައް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ އެވޯޑް ހަފްލާގައި ގިނަ ކެޓަގަރީތަކަކުން އެވޯޑް ދެއެވެ.