ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ދެ ސްކޫލަކުން ޓީޗަރުންނާއި ދަރިވަރުންތަކެއް ކޮވިޑަށް ޕޮޒިޓިވް!

Jan 24, 2021
11

ދެ ސްކޫލެއް ބައެއް ޓީޗަރުންނާއި ދަރިވަރުން ކޮވިޑް- 19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ސޯޝަލް މިޑިއާގައި ދައުރުވާ މެސެޖްތައް ބުނާ ގޮތުން އެއީ ޖޭއެސް އާއި މަޖީދިއްޔާ އެވެ. އެކަމުގެ ޝަކުވާތަކުގެ އަޑު ފެތުރިފައިވާއިރު އެ ކަން އެ ދެ ސްކޫލުން ބެލެނިވެރިންނަށް ހިއްސާ ކޮށްފައެއް ނުވާ ވާހަކަތައް ވެސް ދައުރުވަމުން އެބަދެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މަޖީދިއްޔާ ގްރޭޑް ފަހެއްގެ ޓީޗަރަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭނާއަށް ފަރުވާ ދެނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. އަދި ގްރޭޑް ފަހެއްގެ ހަ ދަރިވަރަކު ވެސް ހުކުރު ދުވަހު ޕޮޒިޓިވް ވެފައި ވެއެވެ.

ޖޭއެސް އިން ޕޮޒިޓިވް ވެގެން އުޅެނީ ޑެޕިއުޓީ ޕްރިންސިޕަލަކާއި ލީޑިން ޓީޗަރަކާއި ދަރިވަރުން ތަކެކެވެ.

ބައެއް ބެލެނިވެރިން ބުނާ ގޮތުގައި މަޖީދިއްޔާގެ އެ ޓީޗަރު މިދިޔަ ބުރާސްފަތި ދުވަހު ސްކޫލަށް ދިޔަ އެވެ. އަދި ދަރިވަރުންގެ ފޮތްތައް ބަލައި ހެދި އެވެ. ނަމަވެސް، އެކަން ސްކޫލުން އަންގާފައެއް ނުވެއެވެ. އަދި އެ ސްކޫލްގެ އެހެން ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެފައި ވެއެވެ. އޭނާ ހުރީ ކަރަންޓީނުގަ އެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި މަޖީދީއްޔާގައި ލައިބްރޭރިއަނަށް ކޮވިޑް ޖެހިފައިވެ އެވެ.

މި މައުލޫމާތު ސާފު ކުރަން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް އެއިން އެއްވެސް ފަރާތަކުން މައުލޫމާތު ސާފު ކޮށްދީފައެއް ނުވާއި އެޑިއުކޭޝަން މިނިސްޓްރީގެ ދެ ސެކްޝަނަކުން ވެސް މުވައްޒަފުން ކޮވިޑަށް ޕޮޒިޓްވެފައި ވެއެވެ. އެއީ އެޗްއާރް މުވައްޒަފަކާއި ޕްލޭނިން ސެކްޝަނުގެ މުވައްޒަފެކެވެ.