އެލައިޑް އިންޝުއަރެންސް

ދިރިއުޅުން ބާއްޖަވެރި ކުރަން ލައިފް އިންޝުއަރަންސް އެހީ ވެދޭ

Jan 30, 2021
2

ދެ މީހެއްގެ ދިރިއުޅުން އެކުވެ، ޒަވާޖީ ހާޔާތެއް ފަށައިގަންނަ ހިނދު، ކޮންމެ ދެމަފިރިއަކު ވެސް ހުވަފެން ތަކެއް ދެކެ އެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ އާއިލާއެއް ބިނާ ކުރުމަށް ހިތުލަނީ އެއާއި އެކުވެގެން ޒިންމާ ތަކެއް ވެސް ވާކަން ދަނެ ތިބެއެވެ. ކަން މިހެން އޮތުމާއި އެކު ދިރިއުޅުމުގެ ހުރިހާ ފަންތިއެއްގައި ތިމާއަށް ބަރޯސާވާ ބަޔަކު ތިބުން ވަނީ އާއިލާގެ ރައްކާތެރިކަމަށް ތައްޔާރުވުމަށް އެދެވޭ އިތުރު ސަބަބަކަށެވެ. އެއީ ތިމާ ނެތް ހާލަތެއްގައި ވެސް އާއިލާ އަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމުގެ އުއްމީދުގަ އެވެ. މިގޮތުން ލައިފް އިންޝުއަރަންސަކީ މި ރައްކާތެރިކަން ލިއްބައިދޭ ހިދުމަތެކެވެ.

ލައިފް އިންޝުއަރަންސަކީ ތިމާ އާއި ތިމާގެ އާއިލާއަށް ހޯދައި ދެވޭ މާލީ ރައްކާތެރި ކަމެކެވެ. އެގޮތުން ލައިފް އިންޝުއަރަންސް ނަގާފައިވާ ފަރާތެއް ނިޔާވެއްޖެ ނަމަ ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވާ ހާލަތެއްގަ އާއި ފުރާނައަށް ނުރައްކާވާ ފަދަ ބައްޔަކާއި ކުރިމަތިވެއްޖެ ހާލަތެއްގައި މިނިޒާމުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށް ދެއެވެ. ދުރާލާ އެޅޭ މި ރައްކާތެރިކަމުގެ ފިޔަވަޅުގެ ދަށުން ދެ ގޮތަކަށް ރައްކާތެރިކަން ޔަގީންކޮށްދެ އެވެ. އެއީ ކޮންވެންޝަނަލް ލައިފް އިންޝުއަރަންސް ނުވަތަ އޭގެ އިސްލާމިކް ގޮފި ކަމުގައިވާ ފެމެލީ ތަކާފުލް މެދުވެރިކޮށެވެ.

މިސާލަކަށް އަހުމަދަކީ އޭނާގެ ގޭގެ ކުލި ދައްކާ ފަރާތްކަމުގައި ވާނަމަ، ނުވަތަ ކުލީގެ ބޮޑު ބައެއް ދައްކާ ފަރާތް ކަމުގައި ވާނަމަ، އަހުމަދު ނެތް ދުވަހަކުން ދޫކޮށްފައި ދާ އާއިލާއަށް އެ ގެއްލުނީ ހަމައެކަނި ލޯބިވާ ފިރިމީހާ ނޫނީ ބައްޕައެއް ނޫނެވެ. މާލީ ގޮތުން ވެސް އެއާއިލާއަށް ކުރިމަތިވެ ދާނެ އެތައް ގޮންޖެހުންތަކެއް ހުރެ އެވެ. ކުލި ދެއްކުމާއި ގޭގެ ހަރަދުތައް ބެލެހެއްޓުމަށް ދަތިތަކެއް ކުރިމަތި ވާނެއެވެ. ލައިފް އިންޝުއަރަންސް ނެގުމުގެ ބޭނުމަކީ އެފަދަ ހާލަތްތަކުގައި އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމެވެ.

މީގެ އިތުރުން ވެސް އާއިލާގެ ބޮޑެތި ހަރަދުތައް ރޭވުމުގައި ވެސް ލައިފް އިންޝުއަރަންސް ބޭނުން ކުރެވެ އެވެ. އެގޮތުން ދަރިންގެ މަތީ ތައުލީމަށް ފައިސާ ރައްކާކުން ހިމެނެ އެވެ. ލައިފް އިންޝުއަރަންސްގެ ގިނަ ޕްލޭންތަކަކީ ފަހަށް ފައިސާ ރައްކާކުރުމާއި އެކު މާލީ ރައްކާތެރިކަން ލިބިދޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޕްލޭން ތަކެކެވެ. އެގޮތުން ޗައިލްޑް އެޑިއުކޭޝަން ޕްލޭން އާއި އިންވެސްޓްމަންޓް ޕްލޭން އަދި މޯގޭޖް ޕްރޮޓެކްޝަން ޕްލޭން ނެގުމުން އާއިލާގެ މާލީ ހާސްކަން ފިލުވާލުމަށް ފަސޭހަވެގެންދެ އެވެ.

ލައިފް ޕްލޭނަކުން އާއިލާ އަށް ލިބިދޭ މަންފާ

1 - އާއިލާ އަށް ލިބޭ މާލީ ރައްކާތެރިކަން: އާއިލާގެ އެންމެ އިސް ފަރާތް ނެތް ހާލަތެއްގައި ވެސް އާއިލާގެ ކަންކަން ބެލެހެއްޓޭނެ ފަދަ މާލީ ފުދުންތެރިކަން ލިބިގެންދޭ

2 - ކުއްޖާގެ މަތީ ތައުލީމަށް ފައިސާ ރައްކާކުރުން: ބެލެނިވެރި ފަރާތް ނެތް ހާލަތެއްގައި ވެސް އެކުއްޖާ މުސްތަގުބަލުގައި ދާން ހިޔާރުކުރާ ރޮނގަކުން ކިޔެވުމުގެ ފުރުސަތު ފަހިވުން

3 - އާއިލާއަށް ލިބޭ ހިތްހަމަޖެހުން: ނަގާފައިވާ ދަރަނި އަދާކުރުމުގެ ކުރިން ދަރަނި ނަގާފައިވާ ފަރާތް ނިޔާވެއްޖެ ނަމަ ނުވަތަ ދިމާވާ އެކްސިޑެންޓަކުން ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެ ނަމަ، ދަރަނީގެ ބާކީ ނުދެއްކި ހުރި ފައިސާ ދައްކާ ހަލާސް ކުރާނީ އިންޝުއަރަންސް ކުންފުނިން. އެހެންކަމުން، އެދަތި ހާލަތުގައި ރަހުނު ކުރެވިފައިވާ މުދާ އާއިލާއަށް ނުގެއްލި ސަލާމަތް ކުރެވޭ

4 - ބޮޑު ބައްޔަކާއި ކުރިމަތިލުމުގައި އެހީ ލިބުން: ބޮޑު ބައްޔެއް (ކްރިޓިކަލް އިލްނަސްއެއް) ކުރިމަތިވާ ހިނދު، ބޭސްފަރުވާއަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، އާމްދަނީ ލިބެމުން އައި މަގު ހަނިވާތަން އާދޭ. މި ފަދަ ހާލަތްތަކުގައި، އާއިލާ އަށް މާލީ އެހީތެރިކަން ލައިފް އިންޝުއަރަންސް މެދުވެރިކޮށް ލިބޭ

މި ފަދަ އެކި ހާލަތްތަކުން އާއިލާ ރައްކާތެރިކޮށްދޭނެ މަގު ހޯދުމަކީ މުހިންމު ކަމެކެވެ. އެގޮތުން އިތުބާރު ހުރި ގޮތްތައް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ލައިފް އިންޝުއަރަންސް ނުވަތަ ފެމިލީ ތަކާފުލް ޕްލޭން ތަކަކީ މި ފަދަ ދަނޑިވަޅުތަކަށް ރައްކާތެރިކަން ލިއްބައިދާ އެހާމެ އެކަށޭނެ ޕްލޭން ތަކެކެވެ.