މި އަހަރުގެ ކުރީކޮޅު ރާއްޖޭގައި އޮކިއުޕޭޝަނަލް ސޭފްޓީ ގާނޫނެއް ތައާރަފުކުރެވުނެވެ. އަދި އެ ގާނޫނުގެ ދަށުން ލޭބަ ރިލޭޝަންސް އޮތޯރިޓީން އެކުލަވާލި ގަވައިދުގައި، ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުންނަށް ވަޒީފާގެ މާހައުލުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކޮށްދޭންޖެހޭ ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ.
މީގެތެރެއިން މަސައްކަތުގެ ތެރޭގައި، މަސައްކަތާ ގުޅިގެން ނުވަތަ މަސައްކަތުގެ ސަބަބުން މަސައްކަތްތެރިއަކަށް ލިބޭ އަނިޔާއެއް، ނުކުޅެދުންތެރިކަމެއް ނުވަތަ މަސައްކަތްތެރިޔާ ނިޔާވެއްޖެ ހާލަތެއްގައި އޭނާއަށް ނުވަތަ އޭނާގެ ވާރިސުންނަށް ބަދަލު ދިނުމުގެ ޒިންމާ ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުކުރެ އެވެ. ގެއްލުމުގެ ކުޑަ ބޮޑުމިނަށް ބަލައި ބަދަލުގެ ގޮތުގައި އެއްމިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވެން ވެސް އޮވެ އެވެ.
މިއީ ބޮޑެތި އަދަދުތަކެވެ. މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ދިމާވެދާނެ މިފަދަ ހާލަތެއްގައި ފައިސާގެ ބަދަލެއް ދިނުމަށް ބޮޑެތި އަދަދުތަކުން ފައިސާ ބެހެއްޓުމަކީވެސް ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެހެންކަމުން މިފަދަ ހާލަތަކަށް ތައްޔާރުވެ ހުރުމަށް އެންމެ ފަސޭހަ އެއް ގޮތަކީ އެ ކުންފުންޏެއްގެ ހުރިހާ މުވައްޒަފުން ހިމެނޭހެން ގްރޫޕް ލައިފް އިންޝުއަރަންސް ޕްލޭނެއް ހޯދުމެވެ.
އެލައިޑްގެ "ގްރޫޕް ޓާމް އެޝުއަރަންސް" ޕްލޭނަކީ މި ހުރިހާ ކަމެއްގެ ހައްލެވެ. އަދި މުވައްޒަފުންނަށް ކުންފުނިން ދޭ ވެލްފެއާ ޕެކޭޖުގައި ހިމަނާލަންވެސް ފަސޭހަ ޕްލޭނެކެވެ.
މި ޕްލޭނުގެ ދަށުން ކޮންމެ މުވައްޒަފަކަށް އަހަރަކަށް 50,000 ރުފިޔާ ނުވަތަ 100,000 ރުފިޔާ ނުވަތަ 150,000 ރުފިޔާ އަދި މީގެ އިތުރުންވެސް އެ ކުންފުންޏެއްގެ ގާބިލިއްޔަތުކަން ހުރި މިންވަރަކުން އެޝުއާ ކުރެވޭނެ އެވެ. އެއީ ދިވެހި ނުވަތަ ބިދޭސީ މުވައްޒަފަކަށް ވިޔަސް މެއެވެ.
މިސާލަކަށް ވަޒީފާގެ މާހައުލުގައި ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަނިކޮށް މުވައްޒަފަކު ނިޔާވެއްޖެނަމަ ކުންފުނިން އެޝުއާކޮށްފައިވާ ބަދަލު އޭނާގެ ވާރިސުންނަށް ދޭން އެލައިޑުން ކުންފުންޏަށް ދޫކުރާނެ އެވެ. ނުވަތަ ދާއިމީ ނުވަތަ ވަގުތީ ނުކުޅެދުންތެރިކަމެއް މުވައްޒަފަށް ކުރިމަތިވެއްޖެނަމަ ދިމާވި ހާދިސާގެ ކުޑަބޮޑުމިނަށް ބަލައި އޭނާއަށް މާލީ ބަދަލު ދެވޭނެ އެވެ.
މީގެ އިތުރުން ގްރޫޕް ޓާމް އެޝުއަރަންސްއަކީ އަހަރުން އަހަރަށް ރިނިއު ކުރެވޭ ޕްލޭނެކެވެ. މި ޕްލޭނުގެ ޕްރީމިއަމަކީ އަތްފޯރާހާ ކުޑަ ޕޭމެންޓެކެވެ. ޕްރީމިއަމް ބިނާ ވަނީ މުވައްޒަފުންގެ އަދަދާއި ކޮންމެ މުވައްޒަފެއްގެ އުމުރަށާއި ކޮންމެ މުވައްޒަފަކު އެޝުއަ ކުރެވޭ އަދަދަށެވެ.
ގްރޫޕު ޓާމް އެޝުއަރަންސްއަކީ ވަޒީފާ ދޭ ފަރާތުން މުވައްޒަފުންގެ ދުޅަހެޔޮކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އަހަންމިއްޔަތު ކަމެއް ދޭކަން ސާބިތުކޮށްދެވޭނެ ގޮތެކެވެ. އަދި އޮކިއުޕޭޝަނަލް ސޭފްޓީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ވަޒީފާ ދޭ ފަރާތަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް ބޯލަނބައި، އެޔަށް އަމަލުކުރަން ތައްޔާރަށް ހުރިކަން ވެސް ސާބިތުކޮށްދެވޭނެ ގޮތެކެވެ
.
ތިޔަބޭފުޅުންގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގްރޫޕް ޓާމް އެޝުއަރަންސް ޕްލޭނެއް ބައްލަވައިގަތުމާ މެދު ވިސްނާވަޑައިގަންނަވާށެވެ. އިތުރު މައުލޫމާތު އެލައިޑް އިންޝުއަރަންސްގެ [ވެބްސައިޓުން-(https://allied.mv/) ލިބޭނެ އެވެ.