ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

"ހަމަސް ދުވަހުން އެންމެނަށް ވެކްސިން ދެވޭނެ"

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅު ވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުން ސޯޝަލް ސެންޓަރަށް ވަޑައިގެން ނޫސްވެރިންނަށް ބައްދަލު ކުރައްވަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮވިޑަށް ފަހު ވެސް މިވަގުތު ރާއްޖެ މިހާރު މިއޮތް ހާލަތަށް އައީ ހެލްތު އޮފިޝަލުންނާއި ރައްޔިތުން ކުރި މަސައްކަތުން ކަމަށާއި އެ ފަރާތްތަކުގެ ލަފައާ އިރުޝާދަށް ރައްޔިތުން ބޯލަނބާފައިވާ ކަމަށެވެ. އަދި އެ މަނިކުފާނު އުންމީދު ކުރައްވަނީ ވެކްސިން ޖެހުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުން ކަމަށާއި ވެކްސިން ޕްރޮގްރާމް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"އަޅުގަނޑު އުންމީދަކީ ކުރަނީ ވެސް އަދި އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ރައްޔިތުން މިކަމުގައި ބައިވެރިވެ ވަޑައިގެން، އަޅުގަނޑުމެންނަށް މިކަމުގައި ކުރިިމަތިވެފައި މިވާ ދަތި އުނދަގުލުން ސަލާމަތްވުމަށް ޓަކައި އެކުގައި މަސައްކަތް ކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ބޭނުން ވަނީ ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ އެންމެނަށްވެސް ވެކްސިން ދޭން ކަމަށާއި ހަމަ މަސް ތެރޭ އެކަން ފުރިހަމަ ވާނެ ކަމަށެވެ.