ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ހެލްތު

ޖަޕާނުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ނުވަ ލައްކަ ޑޮލަރުގެ އެހީއެއް

ރާއްޖެއިން ކޮވިޑާއި ދެކޮޅަށް ކުރަމުންދާ މަސައްކަތައް އެހީތެރިވެ ދިނުމުގެ ގޮތުން ޖަޕާނުން ނުވަ ލައްކަ ޑޮލަރުގެ އެހީއެއް ދީފި އެވެ.

ޖަޕާނުން ރާއްޖެއަށް ދީފައިވަނީ ސިއްހީ ދާއިރާއަށް ބޭނުންވާ އިކިއުޕްމަންޓެވެ. މިއަދު ހަވާލުކުރެވުނު ތަކެއްޗާއި، މިޕްރޮޖެކްޓްގައި ހިމެނޭ ފަންނީ ލަފާގެ އެހީ މުޅި ޖުމްލަ 950,000 އެމެރިކާ ޑޮލަރަށް އަރާ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޖަޕާނުން ހަދިޔާކުރި ތަކެތި ފޮރިން މިނިސްޓްރީއާއި ހަވާލުކުރީ ޔުނިސެފްގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް މިސް މަރްޖާން މުންތަޒިމީ އާއި ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސް ކެއިކޯ ޔަނާއީ އެވެ.

ކޮވިޑާއި ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އެހީތެރިވެ ދިނުމުގެ ގޮތުން މިއަދު ހަވާލުކުރެވުނު ތަކެތީގެ ތެރޭގައި ވެކްސިން އުފުލުމާއި ރައްކާކުރުމަށް ބޭނުންވާ ފްރީޒް ފްރީ ވެކްސިން ކެރިއާސް އަދި ވޯލްޑް ޗެއިން ސްޓޯރޭޖް ގާއިމް ކުރުމަށްޓަކައި ބޭނުންވާ ފްރީޒާ ފިނިހޫނުމިން ވަޒަންކުރާ އާލާތްތައް، އިންފޮމޭޝަން ޓެކްނޮލޮޖީ އާލާތްތައް އަދި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ހިމެނެ އެވެ.

މިރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ ޔުނިސެފް އަދި ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖެއަށް މެދުނުކެނޑި ލިބެމުންދާ އެހީތެރިކަމަށްޓަކައި ޔުނިސެފާއި ޖަޕާން ސަރުކާރުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.