ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އިދާރާގެ ލައިބްރަރީ ހުޅުވައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ލައިބްރަރީއެއް ހުޅުވައިިފި އެވެ.

މި އަހަރަަށް ރައްޔިތުން މަޖިލިސް މިއަދު ހުޅުވައި ދެއްވުމަށް ފަހު މަޖިލީހުގެ ލައިބްރަރީ އާއި ޑިޖިޓަލް އަރުޝީފު ހުޅުވައި ދެއްވީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ލައިބްރަރީ ގާއިމްކޮށްފައި ވަނީ މަޖިލީހުގެ އާ އިމާރާތުގައި 11 ވަނަ ފަންގިފިލާގަ އެވެ. އެ ލައިބްރަރީގައި 6،688 ލިޔުމާއި 1500 ވީޑިއޯއާއި 2133 ފޮތުގެ އިތުރުން 2214 ފައިލް ހުރެއެވެ. އަދި 10،000 އަށްވުރެ ގިނަ ފޮޓޯ ވެސް އާކައިވްކޮށްފައި ވެއެވެ.

މިވަގުތު އެ ލައިބްރަރީއަށް ވަދެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސްޓާފުންނަށެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަން ފިލައި އާންމު ހާލަތަކަށް ދެވުމުން ހާއްސަ އުސޫލެއްގެ ދަށުން އެ ލައިބްރަރީއަށް އާންމުންނަށް ވެސް ވަދެވޭނެ މަޖިލީހު އިދާރާގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވި އެވެ.

ލައިބްރަރީގެ ޑިޖިޓަލް އަރުޝީފަށް މިހާރު ވެސް ވަދެވޭ ގޮތަށް ވަނީ ހަދައިފަ އެވެ.