ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފުވައްމުލައް

ސުކޫލު ބަންދުކޮށް ފުވައްމުލަކުގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

ފުވައްމުލަށް ހާފިޒު އަހުމަދު ސުކޫލުގެ ބައެއް ދަރިވަރުން: ސުކޫލުތައް ވަނީ ބަންދުކޮށްފައި --
0%
0%
0%

ކޮވިޑް-19 އަށް ފުވައްމުލައް ސިޓީން ދެ މީހަކު ޕޮޒިޓިވްވެ އެ ސިޓީއަށް އަރާ ފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފައިވާތީ އެ ސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފި އެވެ.

ފުވައްމުލަކުން މި މަހުގެ ހަތްވަނަ ދުވަހު ވަނީ ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނަގާފައެވެ. މިހާތަނަށް ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން ދެ ސާމްޕަލެއް ޕޮޒިޓިވްއެވެ. އެ ރަށުން 150 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.

އެޗްޕީއޭއިން ބުނީ ދެ މީހަކު ޕޮޒިޓިވްވެ ފުވައްމުލަށް ސިޓީއަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ. އަދި އެ ރަށް ހުޅުވާލާނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުންނެވެ.

އެ ސިޓީގެ ކައުންސިލުން ބުނީ ހުރިހާ އަވަށްތަކެއްގެ ސުކޫލުތައް ބަންދުކޮށް ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށްފައިވާ ކަމަށެވެ. އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް އަންގާފައިވެއެވެ. ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކޮށް ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ވަނީ ހުއްޓާލަން އަންގާފައެވެ. ހޮޓާ/ކެފޭ، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށް ފަހު ޑެލިވަރީގެ ހިދުމަތް ދިނުމަށްވެސް އަންގާފައިވެއެވެ.

މި ފިޔަވަޅުތައް އަޅާފައިވަނީ އެޗްޕީއޭގެ މޮނިޓަރިންއިން އެ ސިޓީ ނަގަންދެން ރައްކާތެރިކަމަށްޓަކައެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910