ވިޔަފާރި

ކަނެކްޓް ފެއާ: އުރީދޫން ނަމްބަރު ޕޯޓެބިލިޓީގެ ހިދުމަތް ދައްކާލައިފި

Oct 29, 2015
1

ނޭޝަނަލް އާޓް ގެލަރީގައި މިއަދު ފެށި "ކަނެކްޓް ފެއާ" ގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ނަމްބަރު ޕޯޓެބިލިޓީގެ ހިދުމަތް އުރީދޫން ދައްކާލައިފި އެވެ.

ދެ މޮބައިލް ނެޓްވޯކުގައި އެއް ނަމްބަރު ބޭނުންކުރެވޭ "ނަމްބަރު ޕޯޓެބިލިޓީ" ގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރުމަށް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ދަނީ ތައްޔާރުވަމުންނެވެ.

އުރީދޫގެ ސީނިޔަ އެގްޒެކެޓިވް ޕަބްލިކް ރިލޭޝަން ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ ދެ މޮބައިލް ނެޓްވޯކުގައި އެއް ނަމްބަރު ބޭނުންކުރެވޭ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދާ ފެއާގައި ދައްކާލާ ނަމްބަރު ޕޯޓެބިލިޓީގެ ހިދުމަތައް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ނަމްބަރު ޕޯޓެބިލިޓީގެ ހިދުމަތް ތައާރަފު ވެގެން ދިއުމާއެކު، ދިރާގާއި އުރީދޫން މިހާރު ބިލްކުރާ ގޮތަށް ވެސް ބަދަލުތަކެއް އަންނާނެ އެވެ. މި ހިދުމަތް ތައާރަފުވުމާއެކު މޮބައިލް ނަމްބަރުތަކުގެ މިލްކުވެރި ފަރާތަކަށް ވެގެންދާނީ ކޭމް އެވެ.