ހަބަރު

ފްލެޓްތައް ވިއްކި ވާހަކަ އެމްޕީއެލް ދޮގުކޮށްފި

ހިޔާ މަޝްރޫއުގައި އެޅި އެއް ކޮޓަރީގެ ފްލެޓްތައް ވިޔަފާރި އުސޫލުން ވިއްކި ކަމަށް މީޑީއާގައި ރިޕޯޓްކުރި ހަބަރެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދޮގުކޮށްފި އެވެ.

އެމްޕީއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިމަހުގެ 19 ވަނަ ދުވަހު އެ ކުންފުނީގެ މުވައްޒަފަކާ ހަވާލާދީ ވެބްސައިޓަކުން ރިޕޯޓްކުރި ހަބަރަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ލިޔެފައިވާ ހަބަރެއް ކަމަށެވެ. އެއްކޮޓަރީގެ 204 ޕްލެޓް ވިޔަފާރި އުސޫލުން ވިއްކާލައިފައިވާ ކަމަށް ބުނެ އެކުންފުނީގެ މީޑިއާ އޮފިޝަލަކު އެއްވެސް ފަރާތަކަށް މައުލޫމާތު ދީފައި ނުވާ ކަމަށެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ، ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ކުންފުންޏާ ގުޅުވައި ލިޔެ ޝާއިއުކޮށްފައި މޯލްޑިވްސް މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ. =