ދުނިޔެ

އިޓަލީން ކޮންގޯއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު އަވަހާރަކޮށްލައިފި

އިޓަލީން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު، ލޫކާ އެޓަނާސިއޯ އަވަހާރަކޮށްލައިފި އެވެ. އިޓަލީ ފޮރިން މިނިސްޓްރީން ބުނީ އެމްބެސެޑަރު އަވަހާރަކޮށްލީ ކޮންގޯގައި އދ ގެ ވަފުދެއްގައި ދަތުރުކުރައްވާފައި ވަޑައިގަންނަވަނިކޮށް ކަމަށެވެ.

އެމްބެސެޑަރު އަވަހާރަކޮށްލީ ރަހީނުކުރުމުގެ ހަމަލާއެއްގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އެހެން ނަމަވެސް އަދި އެއްވެސް ބަޔަކު ޒިންމާއުފުލާފައި ނުވެ އެވެ. އެމްބެސެޑަރާއެކު މިލިޓަރީ އޮފިޝަލަކާއި ޑްރައިވަރު ވެސް މަރުވެފައިވާ ކަމަށް ޑިޕްލޮމެޓިކް އޮފިޝަލުން ބުނެ އެވެ.

މިހަމަލާއާ ބެހޭ ގޮތުން ޚަބަރު ލިބުނީ އެމްބެސެޑަރު އަވަހާރަނުވާ ކަމަށެވެ. އެހެން ނަމަވެސް ލިބިލެއްވި ޒަހަމަތަކަށް ފަރުވާދެއްވަނިކޮށް ގޮމާގެ މަނުސްކޯ ހޮސްޕިޓަލްގައި އަވަހާރަވެފައިވާކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

އިޓަލީ ފޮރިން މިނިސްޓްރީން ބުނާ ގޮތުން ކޮންގޯގެ ކިންޝާސާގައި އިޓަލީ ތަމްސީލްކުރައްވާ އެންމެ އިސް ބޭފުަޅަކީ ވެސް ލޫކާ އެޓަނާސިއޯ އެވެ. އެމްބެސެޑަރުކަން ލިބިވަޑައިތުމުގެ ކުރިން 2017 ގައި ވެސް ކޮންގޯގައި އޭނާ މަސައްކަތްކުރެއްވި ކަމަށް މިނިސްޓްރީން ބުނެ އެވެ. އޭނާ އެމްބެސެޑަރުކަމަށް އައްޔަންކުރައްވާފައި ވަނީ 2019 ގައި އެވެ.