އައްޑޫ ފްލައިން ސްކޫލް

"ފްލައިން ސްކޫލްގެ މައްސަލަ ހައްލު ކުރާކަށް ނޫޅޭ"

އައްޑު އަތޮޅުގައި ހިންގާ ފްލައިން ސްކޫލް، އޭޝިއަން އެކެޑަމި އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ތުހުމަތު ކުރައްވައިފި އެވެ.

އެ ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކަައިގެ ކޮމެޓީން ވަނީ ދިރާސާކޮށް ރިޕޯޓެއް ތައްޔާރު ކޮށްފަ އެވެ. އަދި ރިޕޯޓާ ގުޅޭގޮތުން މިއަދު ވަނީ ބަހުސް ވެސް ކޮށްފަ އެވެ.

އެ ބަހުސްގައި އާދަމް ޝަރީފް ވިދާޅުވީ ކޮމެޓީގެ އެ ރިޕޯޓަކީ ވަރަށް ރަނގަޅަށް ދިރާސާކޮށް ނެރެފައިވާ ރިޕޯޓެއް ކަމަށާއި އަޅަން ލަފާ ދީފައިވާ ފިޔަވަޅުތަކަަށް ވެސް އޭނާ ތާއީދު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެއިން ފުރިހަމަ ނަތީޖާއެއް ނެރެވިދާނެތޯ އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.

"އަޅުގަނޑު ވާހަކަ ދައްކާލިން މީގެ ދެތިން ދުވަސް ކުރިން އެތާނގެ [ފްލައިން ސްކޫލް] ދެ ތިން ކުއްޖަަކާ. އައި އެއްވެސް ބަދަލެއް އަދި މިހާ ހިސާބަަކަށް ނެތް ކަމަށް ބުނަނީ. އެހެންވީމާ މަޖިލީހުން މިކަން ކުރިޔަސް އެ ކުދިންނަށް އޭގެ ސަބަބުން މަންފާއެއް ރާހަތެއް އެއްވެސް ބަަދަލެއް ނުގެނެވޭ ކަމަށް ވެއްޖިއްޔާ އަޅުގަޑުނޑުމެން ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ މި މައްސަލައަށް ހައްލު ނުވާކަން. ބަދަލެއް ނުގަނެވޭކަން." ޝަރީފް ވިދާޅުވި އެވެ.

ޝަރީފް މިއަދު އިތުރަށް ވިދާޅުވީ ފްލައިން ސްކޫލްގެ މައްސަލަ ހައްލު ކުރަން މިހާރު ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރާތަން ނުފެންނަ ކަމަށެވެ. އަދި އެކަން ހައްލު ނުކުރެވި ދިގު ދެމިގެންދާ ކޮންމެ ދުވަހަކީ ދަރިވަރުންނަށާއި އާއިލާތަކަށް ކޮންމެ ދުވަހަކުވެސް އިތުރު ގެއްލުމާއި ހަރަދުތަކެއް ކުރަން ޖެހޭނެ ދުވަހެއް ކަަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިހާ ބޮޑު މައްސަލައެއް ވީމާ ސަރުކާރުގެ ވުޒާރާތަކުން އެބަ ޖެހޭ މިހާރަަށް ވުރެ ހަރުދަނާކޮށް މިހާރަށް ވުރެ އަވަަހަށް ނަތީޖާ ނެރެވޭނެ ގޮތަކަށް ވާހަަކަ ދައްކަން " ޝަރީފް ވިދާޅުވި އެވެ.

އަޅުގަނޑު ދެކޭގޮތުގައި މިހާ ބޮޑު މައްސަލައެއް ވީމާ ސަރުކާރުގެ ވުޒާރާތަކުން އެބަޖެހޭ މިހާރަަށް ވުރެ ހަރުދަނާކޮށް މިހާރަށް ވުރެ އަވަަހަށް ނަތީޖާ ނެރެވޭނެ ގޮތަކަށް ވާހަަކަ ދައްކަން،
އާދަމް ޝަރީފު | މަޖިލިސް މެންބަރު

ކޮމެޓީން ތައްޔާރުކުރި ރިޕޯޓްގައި ފްލައިން ސްކޫލާމެދު ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަ ކޮށްފައި ވެއެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެކަށީގެންވާ ފެންވަރުގެ ވަސީލަތްތައް ނެތުމާއި ގާބިލްކަން ނެތުން ހިމެނެ އެވެ. އޭގެ އިތުރުން ދަރިވަރުންނަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުންވުމާއި ދަރިވަރުންނަށް ފުރައްސާރަކޮށް ތަފާތު ކުރާކަން ވެސް ހިމަނާފައި ވެއެވެ.

އެ ރިޕޯޓްގައި ލަފާދީފައިވާ ކަންތައްތައް ތަންފީޒު ކުރަން މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 46 މެމްބަރުން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ.

ރިޕޯޓްގައި ކުރަން ލަފާ ދީފައިވާ ކަންތައްތަކުގެ ތެރޭގައި ދަރިވަރުންނަށް ބަދަލު ދިނުމާއި އެކުދިންނަށް ކިޔެވޭނެ ގޮތްތައް ހޯދައިދީ ސްކޫލް ޖަވާބުދާރީކޮށް ކުރުވައި ކުރިއަށް އޮތް ތަނުގައި އެފަދަ އިންސްޓްޓިއުޓެއް ހިންގަން ހުއްދަ ދޭއިރު ހަރުދަނާ ގަވައިދުތަކެއް ހެދުން ހިމެެނެ އެވެ.