ހަބަރު

އިންޖީނެއް ވަގަށް ނަގައި ވަޅުލައިގެން އުޅުނު ދެމީހަކު ހައްޔަރުކޮށްފި

Oct 30, 2015

ގއ. ގެމަނަފުށީ ފަޅުގައި އޮތް ޑިންގީއެއްގެ އައުޓްބޯޑް އިންޖީނު ވަގަށް ނަގައި ވަޅުލައިގެން އުޅު ދެމީހަކު އެ އަތޮޅު ކޮނޑޭއިން ހައްޔަރުކޮށްފި އެވެ.

މި ވައްކަމާ ގުޅިގެން ހައްޔަރު ކުރީ ކުޑަ ފިރިހެން ކުއްޖަކާއި 25 އަހަރުގެ މީހެކެވެ.

މި ދެ މީހުން ހައްޔަރު ކުރީ ގެމަނަފުށީ ފުލުހުންނާއި އިންޓެލިޖެންސާއި ކަނޑުހުޅުދޫ ޕޮލިސް ޑެސްކު އަދި ގއ. އަތޮޅުގައި ހަރަކާތްތެރިވަމުންދާ ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން މިއަދު މެންދުރުފަހު އެވެ. އެމީހުން ވަގަށްނަގާފައިވާ އިންޖީނު ފެނުނީ ކުޑަކުއްޖާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގޭ ގޯތިތެރޭގައި ވަޅުލާފައި އޮއްވަ އެވެ.

ފުލުހުން ދަނީ މި މައްސަލައި އިތުރަށް ބަލަމުންނެވެ.