މޯލްޑިވްސް ޕޮލިސް ސާވިސް

އައިޖީއެމްއެޗް ކައިރީގައި ހުންނަ ބީއެމްއެލްގެ އޭޓީއެމް ފަޅާލައިފި

Jun 24, 2023

އައިޖީއެމްއެޗް ކައިރީގައި ހުރި ބޭންކް އޮފް މޯލްޑިވްސް -- ބީއެމްއެލްގެ އޭޓީއެމް ފަޅާލައިފި އެވެ.

މި އޭޓީއެމް ފަޅާލާފައިވަނީ ރޭ ފަތިހު ކަމަށް އެނގިފައިވެ އެވެ.

އޭޓީއެމް ފަޅާލައި ފައިސާ ނެގި ކަމެއް އަދި ނެގީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ކަށަވަރެއް ނުވެ އެވެ.

އޭޓީއެމްގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމަށްވެސް އެނގިފައެއް ނުވެ އެވެ.

މި މައްސަލައިގައި އަދި މީހަކު ހައްޔަރުކުރި ކޮށްފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މިކަމާ ގުޅިގެން ބީއެމްއެލް އަދި ފުލުހުންގެ ބަހެއް ހޯދުމަށް އަވަސް އިން ގުޅި ނަމަވެސް، ބީއެމްއެލް އަދި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.