މޯލްޑިވްސް ޕޮލިސް ސާވިސް

ވައްކަމުގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

Feb 12, 2023

ވައްކަން ކުރަމުންދިޔަ ބިދޭސީއަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

އެ މައްސަލައިގައި ފުލުހުން ހޯދަމުންދަނީ ބަންގްލަދޭޝްގެ ޝަހީދުލް ހައްޤު (41އ) އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހޯދަމުންދަނީ ހުޅުމާލޭ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަގުގީގަށް ހާޒިރުކުރުމަށެވެ.

އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓޫ ރައްދުކުރެވިފައިނުވާ ކަމަށާއި ސްޕޮންސަރަށްވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މައްސަލައިގެ ތަހުގީގުގައި ސުވާލުކުރުމަށާއި މައުލޫމާތު ސާފުކުރުމަށް މިމަހުގެ 19 ވަނަ ދުވަހުގެ 10:00 އަށް ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފަ އެވެ.