ދިރާގު ޓީވީ

ހިލޭ ދިރާގު ޓީވީގެ ހިދުމަތް ލިބޭ ޕްރޮމޯޝަނެއް

ދިރާގު ޓީވީގެ ހިދުމަތް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ. މި ޕްރޮމޯޝަނުގައި ޑީކޯޑަރު ވެސް ހިލޭ ލިބެ އެވެ.

ދިރާގު ޓީވީ ކަނެކްޝަން ހޯދަން ހުށަހަޅާ ކަސްޓަމަރުންގެ ތެރެއިން 20 ނަސީބުވެރިޔަކަށް ހަ މަސްދުވަހަށް ދިރާގު ޓީވީގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

އަންނަ މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮމޯޝަން ކުރިއަށްދާއިރު އެ މުއްދަތުގެ ތެރޭގައި ދިރާގު ޓީވީއަށް ސަބްސްކަރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ލަކީ ޑްރޯގައި ބައިވެރި ވެވޭނެ އެވެ.

ދިރާގުން ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ދެ އެވެ. އަދި 100 އަށްވުރެ ގިނަ ޗެނަލް ދިރާގު ޓީވީގައި ވެއެވެ.