މޭޒުމަތީގައި ބަހައްޓާއި ހުންނަ ކަލަންޑަރު އަހަރު ނިންމުމުން އެއްލާލަން ޖެހެ އެވެ. އަހަރަކު ނިމުމުން އޭގެ ބޭނުން ކެނޑެކެވެ. އެވަނީ ކުންޏަށެވެ. އާއްމުކޮށް ބޭނުންކުރާ ގިނަ ކަލަންޑަރުތައް ފަރުމާކޮށްފައި ހުންނަނީ ވެސް އެގޮތަށެވެ. އެކަމަކު އެލައިޑް އިންޝުއަރެންސުން މި އަހަރު ނެރުނު ކަލަންޑަރު ތަފާތެވެ.- މި ކަލަންޑަރުގެ ތަފާތަކީ ކޮންމެ އަހަރަކު ވެސް ބޭނުން ކުރެވޭ ކަލަންޑަރަށްވުމެވެ. މި އެއްލާލަން ނުޖެހުމެވެ.
"އެލައިޑުގެ ވަރަށް ބޮޑު އިނީޝިއޭޓިވްއެއް ތިމާވެށި ހިމާޔަތް ކުރުމަކީ. އެކަމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފަ. އެހެންވެ ނެރުނު ކަލަންޑަރެއް މިއީ. އެއްލާލުމުގެ ބަދަލުގައި ގިނައިން ބޭނުން ކުރެވޭ ގޮތަށް ބޭއްވުމަކީ،" އެލައިޑް އިންޝުއަރެންސުގެ ޑެޕިއުޓީ މާކެޓިން މެނޭޖަރު އައިޝަތު ސުދާ ވިދާޅުވި އެވެ.
މި ފަހަރު ކަލަންޑަރު ހަދާފައިވަނީ ލަކުޑި އާއި ދަގަތް ފާހުންނެވެ. ކަލަންޑަރުގައި އަހަރަކު މަސް ބަދަލު ކުރަން ހާއްސަ "ގޮބެއް" ހުރެ އެވެ. އަދި ބޭނުންވާ ދުވަހާއި ހަފުތާ ސިލެކްޓްކޮށްލަން ހާއްސަ ފްރޭމެއް ހުރެ އެވެ. އެހެން ދުވަސް ނިމުމުން އެ ފްރޭމުން ދުވަސް ބަދަލު ކޮށްލެވޭނެ އެވެ. ކަލަންޑަރުގެ އަރިމަތީގައި ޕަބްލިކް ހޮލިޑޭސް ފެންނަން ހުރެ އެވެ. އެހެންވެ މިއީ ކޮންމެ އަހަރެއް ނިމުމުން އެއްލާލުމުގެ ބަދަލުގައި ބޭނުންކޮށްލެވޭ މުހިންމު އެއްޗަކަށްވެ އެވެ. މީގެ އިތުރުން ކަލަންޑަރުގައި ކާޑު ހޯލްޑާއެއްގެ އިތުރުން ޕެން ހޯލްޑަރެއްގެ ހުރެ އެވެ. މި އޮޕްޝަން ކަލަންޑަރުގައި ހިމަނާފައިވަނީ އޮފީސްތަކުގެ މޭޒުމަތީގައި ބަހައްޓާލެވޭ އެއްޗަކަށް ހެދުމަށެވެ.
ކަލަންޑަރުގެ އަރިމަތީގައި ޕަބްލިކް ހޮލިޑޭސް ފެންނަން ހުރެ އެވެ. އެހެންވެ މިއީ ކޮންމެ އަހަރެއް ނިމުމުން އެއްލާލުމުގެ ބަދަލުގައި ބޭނުންކޮށްލެވޭ މުހިންމު އެއްޗަކަށްވެ އެވެ. މީގެ އިތުރުން ކަލަންޑަރުގައި ކާޑު ހޯލްޑާއެއްގެ އިތުރުން ޕެން ހޯލްޑަރެއްގެ ހުރެ އެވެ. މި އޮޕްޝަން ކަލަންޑަރުގައި ހިމަނާފައިވަނީ އޮފީސްތަކުގެ މޭޒުމަތީގައި ބަހައްޓާލެވޭ އެއްޗަކަށް ހެދުމަށެވެ.
އެލައިޑުން މި އަހަރު ނެރުނު ކަލަންޑަރު ބަހަން ފަށާފައިއިރު، ކަލަންޑަރު ފަރުމާ ކުރުމުގައި ގެންގުޅެފައިވާ ތީމްއަކީ "ގްރޯވިތް އެލައިޑް" އެވެ. މި ތީމުގެ ދަށުން ކަލަންޑަރާއެކު މޭޒުމަތީގައި ބަހައްޓާ އިންޑޯ ގަހެއް ވެސް ލިމިޓެޑް އެޑިޝަންގެ ގޮތުގައި ދެ އެވެ. އަދި މީގެ އިތުރުން އާއްމު ގޮތެއްގައި އިންޑޯ ގަސް ހެއްދުމަށް ބޭނުންކުރާ ސީޑް ދެ ޕެކެޓު ވެސް ދެ އެވެ. މިއާއެކު ކުޑައަކާއި ފޯނު ބަހައްޓާ ސްޓޭންޑެއް ވެސް ދޭނެ އެވެ.