މޯލްޑިވްސް މީޑިއާ ކައުންސިލް

ނޫސްވެރިކަމުގެ އިނާމަށް ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިނާމަށް ހުޅުވާލާފައިވަނީ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ އާއި ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ އަދި ސިޔާސީ ދާއިރާ އާއި ޝަރުއީ އަދި ގާނޫނީގެ އިތުރުން ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި ފޮޓޯ ޖާނަލިޒަމް އާއި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއެވެ. އަދި އޯޑިއޯ ޖާނަލިޒަމް ދާއިރާ އާއި ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ އިތުރުން ފީޗަރ / ރިޕޯޓް ދާއިރާ އާއި އެންމެ އުންމީދީ ނޫސްވެރިޔާއަށެވެ.

މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމު މެދުވެރިކޮށެވެ. އިނާމަށް ނަން ހުށައެޅުމުގެ ސުންގަޑި އަކީ މި މަހުގެ 16 ވާ އަންގާރަ ދުވަހެވެ.