އެޑްވަޓޯރިއަލް

އެމްއައިޓީއަށް ޖަޕާނު ސަރުކާރުގެ ހިލޭ އެހީ

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީ (އެމްއައިޓީ) ގައި ކިޔަވައި ދިނުމަށް ބޭނުންވާ ލެބް އިކުއިޕްމަންޓްތައް ގަތުމަށް ބޭނުންވާ ފައިސާ ޖަޕާން ސަރުކާރުން އެ އިންސްޓްޓިއުޓަށް ދީފިއެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްއައިޓީއަށް އެ އެހީ ހަދިޔާ ކުރެއްވީ ޖަޕާނު އެމްބެސެޑަރު މިސް ކިކޯޔަނައި އެވެ.

މިއީ ގްރާސް ރޫޓްގެ ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ) ދަށުން ހިލޭ ދިން އެހީއެއް ކަމަށް އެމްއައިޓީއިން ބުނެ އެވެ. އަދި އެ އެހީގެ ސަބަބުން އެމްއައިޓީ އިން އިސްނަގައިގެން ހުނަރުވެރި ދިވެހި ޒުވާނުން ބިޔާކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަަމަށް ބުންޏެވެ.

އެމްއައިޓީން ބުނީ އެ އެހީގެ ދަށުން ލިބޭ ފައިސާ ހޭދަކުރާނީ އެމްއައިޓީގެ ޕްރޮގްރާމް ތަކާއި ގުޅޭ އިތުރު ޓްރެއިނިންގް ލެބްތައް ގާއިމް ކުރުމާއި މިހާރު ބޭޭނުން ކުރަމުން ގެންދާ ލެބް ތަކައް އިތުރު އިކުއިޕްމެންޓް ގަތުމަށް ކަމަށެވެ. އެގޮތުން ސިވިލް އިންޖީނިއަރިންގް، ލޭންޑް ސަރވޭއިން އަދި ކޮންކުރީޓު ޓެސްޓިން ފަދަ ލެބް ތައް މުޅިން އަލަށް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް އެމްއައިޓީން ބުންޏެވެ.

ޖަޕާނުގެ އެހީއާއެކު އެމްއައިޓީ އިން ކުރިޔަށް ގެންދަމުން ގެންދާ ވޮކޭޝަނަލް އަދި އިންޖީނިއަރިންގ ޕްރޮގރާމް ތަކުގެ ފެންވަރު ރަގަޅުވެ އިތުރަށް ހަރުދަނާ ކުރެވިގެންދާނެކަމަށްވދެސް އެ އިންސްޓްޓިއުޓްއިން ބުނެ އެވެ