މާފުށި

މާފުށީގައި ފަތުރުވެރިއަކަށް މިޔަރު ހަމަލާ ދީފި

ކ. މާފުށި
0%
0%
0%

ކ. މާފުށީގައި ފަތުރުވެރިއަކަށް މިޔަރު ހަމަލާ ދިނުމުން ފަރުވާ ދީފި އެވެ.

މާފުށީ ކައުންސިލްގެ މެމްބަރެއް ކަމަށްވާ އަލީ ޝަމްއޫން މިއަދު ވިދާޅުވީ އެ ހާދިސާ ހިނގީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ. އެ ހަމަލާގައި ޓޫރިސްޓު މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ފަތުރުވެރިޔާއަށް ވަނީ މާފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދީފަ އެވެ.

މާފުށީގައި ވިޔަފާރި ކުރައްވާ ކުރީގެ ވަޒީރު އަދި މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދިލް ސަލީމް ވިދާޅުވީ ފަތުރުވެރިޔާއަށް މިޔަރު ހަމަލާ ދިނީ ޑްރޯން އެއް ބޭނުން ކޮށްގެން ފޮޓޯއެއް ނަގަން މިޔަަރަށް ކާން ދިނުމުގެ ތެރޭގައި ކަމަށާއި އެ ހާދިސާގައި ފަތުރުވެރިޔާގެ ދެފައިގައި މިޔަރު ދަތް އެޅި ކަމަށެވެ.

މިޔަރު އިންސާނުނަށް ހަމަލާ ދިނުމުގެ ހާދިސާތައް ފަހަކަށް އައިސް ގިނަ ވެފައި ވެއެވެ. ދާދި ފަހުން ވެސް ރާއްޖޭގައި މަސްވެރިއަކަަށް މިޔަރު ހަމަލާ ދިނުމުން ބޮޑެތި ޒަހަމްތައް ވިއެވެ. މިޔަރަކީ ރާއްޖޭގައި ހިމާޔަތްކޮށްފައި މަހެކެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910