ހަބަރު

ކަނޑުމަތީގެ އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

Aug 19, 2020
މާފުށި ކައިރިން މިއަދު ދޯންޏަކާއި ލޯންޗެއް ޖެހި އެކްސިޑެންޓްވެފައި: މި އެކްސިޑެންޓްގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާވި -- ފޮޓޯ: އެމްއެންޑީއެފް
0%
0%
0%

ސަޕްލައި ދޯންޏަކާއި މަސްވެރި ކަމަށް ނުކުމެ އުޅުނު ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ވަރަށް ބޮޑެތި އަނިޔާތައް ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ކ. މާފުށީ ކައިރިން މަސްވެރި ކަމަށް ނުކުމެ އުޅުނު "އަލީ ޝާހް" ލޯންޗާއި އެ ސަރަހައްދުން ދުއްވި "އިރު" ނަމަކަށް ކިޔާ ސަޕްލައި ދޯނި ޖެހިގެން ހިނގި އެކްސިޑެންޓެއްގެތެރޭ ލޯންޗުގައި އިން މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.

އަނިޔާވި މީހާ މާފުށީގެ ލޯންޗެއްގައި މާލެ ގެނެސް ފަރުވާ ދޭން ފަށާފައިވާއިރު އޭނާގެ ބޯ ފަޅާއިގެން ގޮސް ކޮނޑުހުޅަށް ވަރަށް ބޮޑަށް އަނިޔާ ވެފައި ވެއެވެ.

އެކްސިޑެންޓު ހިނގި ސަރަހައްދުގައި ކޯސްޓްގާޑް ހަރަކާތްތެރިވާއިރު އެ ލޯންޗު މިހާރު ވަނީ ކަނޑަށް ބަންޑުން ޖަހާލާފަ އެވެ. މި އެކްސިޑެންޓް ހިނގި އިރު ދޯނީގައި ހަތް މީހަކު ތިއްބެވެ. ލޯންޗުގައި ފަސް މީހަކު ތިއްބެވެ. އަނިޔާވި މީހާ ފިޔަވާ އިތުރު މީހަކަށް އެއްވެސް ގެއްލުމެއް ނުވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910