ހަބަރު

50 މީހުނާއެކު ދަތުރު ކުރި މާފުށީ ފެރީގެ އިންޖީން ހުއްޓިއްޖެ

Jul 24, 2018

ކ. މާފުށިން ފުރައިގެން މާލެ ދަތުރު ކުރަމުން ދިޔަ މާފުށީ ފެރީގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެ ފެރީއަށް އެހީވެދޭން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ "ހަނދޭގިރި 2"، ފެރީގެ އިންޖީން ހުއްޓުމާ ގުޅިގެން ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފަިވާ ކަމަށާއި އެ ފެރީގައި 50 މީހުން ތިބި ކަމަށެވެ.

އޭގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިން އަދި ބިދޭސީ 10 މީހަކު ހިމެނެ އެވެ. އެ އެންމެން ލޯންޗެއްގައި މާލެ ގެނައުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.