ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އުނގޫފާރު

އުނގޫފާރަށް އަރާ ފޭބުން މަނާކޮށްފި

ރ. އުނގޫފާރާށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް އެރަށް ލައިފި އެވެ.

އުނގޫފާރަށް އަރާ ފޭބުން މަނާކުރީ އެ ރަށުން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭހެއް ފެނުމާއި ގުޅިގެންނެވެ. އެޗްޕީއޭއިން ބުނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެރަށަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ރަށްރަށުންވެސް ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިއަދު ކުޑަހުވަދޫއިންވެސް 13 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިދިޔަ އަހަރެއްހާ ދުވަހު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 22،000 ވުރެ މައްޗަށް އަރާފައެވެ.