ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އުނގޫފާރު

ކޮވިޑް ފެނިގެން އުނގޫފާރު ބަންދުކޮށްފި

ކޮވިޑް ކޭހެއް ފެނިގެން ރ. އުނގޫފާރަށް އަރާ ފޭބުން މަނާކޮށް އެޗްޕީއޭގެ ކޮވިޑް ބަންދަށް އެ ރަށް ގެންގޮސްފި އެވެ.

އެޗްޕީއޭއިން ބުނީ ބަލީގެ އަލާމަތް ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންއަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ކޭސްއާ ގުޅިގެން ބަލަންޖެހޭ ކަންކަން ނިމެންދެން އެ ރަށަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

މިވަގުތު އެޗްޕީއޭގެ މޮނިޓަރިންގައި އޮތީ 14 ރަށެކެވެ. އެއީ ފުވައްމުލަކު ސިޓީ އާއި ރ. ދުވާފަރާއި ގއ. ކޫއްޑޫ އާއި ށ. ފޯކައިދޫ އާއި ގދ. ނަޑެއްލާ އާއި ކ. ކާށިދޫ އާއި ހދ. ކުޅުދުއްފުށި ސިޓީ އާއި ހއ. ދިއްދޫ އާއި މ. ކޮޅުފުއްޓާއި ށ. ފީވަކާއި ހއ. ތަކަންދޫ އާއި ދ. ކުޑަހުވަދޫ އާއި ގއ. ވިލިގިއްޔެވެ.