ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އުނގޫފާރު

އުނގޫފާރުން އެހެން ރަށްރަށަށް ދިޔަ މީހުން އަންގަން އެދެފި

ރ. އުނގޫފާރުން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ މި މަހުގެ ދެވަނަ ދުވަހުގެ ފަހުން އުނގޫފާރުގައި އުޅެފައި އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ މީހަކު ހުރިނަމަ އެކަން އެމީހަކު ހުރި ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް އެންގުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އުނގޫފާރާށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް އެރަށް ގެނެސްފައިވަނީ އިއްޔެ އެވެ.

އެޗްޕީއޭއިން މިއަދު ބުނީ މި މަހުގެ ދެވަނަ ދުވަހުގެ ފަހުން އުނގޫފާރުގައި އުޅެފައި އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ މީހަކު ހުރިނަމަ އެކަން އެމީހަކު ހުރި ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް އެންގުމަށް އެދޭ ކަމަށެވެ. އަދި މެއި ދޭއްގެ ފަހުން އުނގޫފާރަށް ގޮސްފައިވާ މީހެއްނަމަ އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން މި މުއްދަތުގައި އުނގޫފާރުން މާލެއަށް އައިސްފައިވާ މީހުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށް ވަނީ އަންގާފައެވެ. އަދި ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށް ވަނީ އަންގާފައެވެ.