ކުޅިވަރު

ދުވަހަކުވެސް ދެން ކޯޗަކަށް ނުވާނަން: ވެން ބާސްޓެން

ދުވަހަކު ވެސް ދެން ކޯޗަކަށް ނުވާނެ ކަމަށް ހޮލެންޑްގެ ކުރީގެ ކޯޗް، މާކޯ ވެން ބާސްޓެން ބުނެފި އެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ވެން ބާސްޓެންއަކީ ކާމިޔާބު ކުޅުންތެރިޔެކެވެ. އޭނާ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރަށް ހޯދާފަ އެވެ. ހޮލެންޑްގެ ފުޓްބޯޅައިގައި އުފެދުނު އެންމެ މޮޅު ސްޓައިކަރުންގެ ތެރޭގައި އޭނާ ހިމެނެ އެވެ.

އެހެން ނަމަވެސް އިންޖަރީ އާ ހެދި އޭނާގެ ކެރިއާ ނިމިގެން ދިޔައީ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. އޭނާގެ ހަޔާތާ ބެހޭ ގޮތުން ލިޔެފައިވާ ބައިގްރޮފީއެއް ނެރެން ދަނީ ތައްޔާރު ވަމުންނެވެ.

"އަހަންނަށް ވަރަށް ގިނަ އިންޖަރީވި ވަރަށް ގިނަ ތަދުތަކެއް އަހަރެން އިހްސާސް ކުރިން. ޑޮކްޓަރުންނަކަށް އަހަންނަށް އެހީއެއް ނުވެވުނު. އަހަރެންގެ ކުޑަ ހުޅު ދިޔައީ އިތުރަށް ގޯސްވުމުން،" އޭނާގެ ބައިގްރޮފީގައި ހުންނާނެ ވާހަކަތަކަށް އިޝާރާތް ކުރި އެވެ. "އެތައް ވަގުތުތަކެއް އަހަރެން ހޭދަ ކުރިން ސޯފާގައި. ނުހިނގިފައި އެތަކެއް ފަހަރު އަހަރެން އޮތިން. އަހަރެން އެގޮތަށް އޮއްވާ މީހުންނަށް ފެންނާކަށް އަހަރެން ބޭނުމެއް ނުވި. އަހަރެން ޑިޕްރެސްވި. އެއީ ވަރަށް އަނދިރި ދުވަސްތަކެއް."

ވެން ބާސްޓެންގެ ބައިގްރޮފީގައިވާ ގޮތުން އޭނާއަކީ ވަރަށް އިމޯޝަނަލް މީހެކެވެ. ފުޓްބޯޅައިގައި މަސައްކަތް ކުރާއިރު ވެސް އެކަމުން އޭނާގެ އަމިއްލަ ދިރިއުޅުމަށް އަސަރު ކުރާ މިންވަރަށް ކަންކަން އޭނާއަށް ކުރިމަތިވި އެވެ.

ކޯޗެއްގެ ގޮތުގައި ހޮލެންޑްގެ ގައުމީ ޓީމަށް އަދި އޭޒެޑް އަލްކަމާ އާއި ހީރެންވީން އަށް އޭނާ ކޯޗް ކޮށްދިނެވެ. އެ މަސައްކަތްތަކުގައި ވެސް އުޅުނު އިރު އަމިއްލަ ދިރިއުޅުމާ ގުޅޭ ކަންތައްތައް އޭގެ ތެރެއަށް ވަދެގެންދާކަން ވެން ބާސްޓެން ފާހަގަ ކުރެ އެވެ

"އަހަރެން ދެން ކޯޗަކަށް ނުވާނަން." ވެން ބާސްޓެން ލިޔެފައި ވެއެވެ.