ސޮނެވާފުށީގައި ޓޫރިސްޓު އަންހެނަކު ނިދާފައި އޮއްވާ ރިސޯޓުގެ ބިދޭސީ މުވައްޒަފަކު އޭނާ ކައިރިއަށް ވަދެ ބެހެން އުޅެނިކޮށް އަންހެންމީހާ ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަމަށް ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެއްވި އެވެ.
މި ހާދިސާއެއް އައިސްފައި ވަނީ މިދިއަ ހޯމަ ދުވަހުގެ ރޭގަ އެވެ. އެނގިފައިވާ ގޮތުގައި އަމިއްލަ ދިފާއުގައި އަންހެން ޓޫރިސްޓު ބިދޭސީ މުވައްޒަފަށް ހަމަލާ ދިނީ އަންހެން މީހާ ހުރި ކޮޓަރިއަށް ވަނުމަށްފަހު ހިފަހައްޓައި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތް ކުރުމުންވެ. އަންހެން މީހާ ވަނީ ބިދޭސީ ފިރިހެން މީހާގެ ގަޔަށް ތައްޓެއް ތަޅާލައި މޭމަތިން ބައެއް ކަފާލާފައެވެ. އަދި އެ ހަމަލައިގެ ތެރޭގައި އަނެހެން މީހާއަށް ވެސް ޒަހަމްތަކެއް ލިބުނެވެ.
ބިދޭސީ މީހާއަށް ބ. އޭދަފުށީ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު ފުލުހުން ދަނީ މި މައްސަލަ ބަލަމުންނެވެ.