ރޯދަ މަސް

ފަތަހައިގެ ހުރިހާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދީފި

Apr 3, 2021

މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ފަތަހައިގެ ހުރިހާ މުވައްޒަފުންނަށް މުސާރައާއެކު ރޯދަ އިނާޔަތް ދީފި އެވެ.

ފަތަހައިން ބުނީ ހަމަހަމަ އުސޫލެއްގެ ދަށުން ފިހާރަތަކުގައި މަސައްކަތް ކުރާ ދިވެހިންގެ އިތުރުން ބިދޭސީ މުސްލިމް އަދި މުސްލިމް ނޫން މުވައްޒަފުންނަށް ވެސް ރޯދަ އިނާޠަތުގެ ގޮތުގައި 3000ރ. ދީފައި ވާނެ ކަމަށެވެ. ފަތަހައިގެ ފިހާރަތަކުގައި 60 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

އެއީ ބަރާބަރަށް މުސާރަ ދޭ ތަނެއްކަން ފާހަގަ ކުރަމުން ފަތަހައިން ބުނީ އެ ވިޔަފާރީގެ ކާމިޔާބީގެ ބޮޑު ބަޔަކީ މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ. އަބަދުވެސް މަސައްކަތް ކުރާ މުވައްޒަފުން އުފަލުގައި ބޭތިއްބުމަކީ އަމާޒެއް ކަމަށެވެ.

ފަތަހައިން އިތުރަށް ބުނީ އެ ވިޔަފާރީގެ ފިހާރަތަކަށް ރޯދައަށް ހާއްސަކޮށްގެން ގިނަ މުދާތަކެއް ގެނެސްފައިވާ ކަމަށެވެ. ފަހަތަ ފިހާރަތަކުން މިހާރު ރޯދައަށް ހާއްސަ މުދާ ލިބޭނެ ކަމަށެވެ.